Roadha Mihaaru
ރާއްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސަައްކަތުން:ތޮއްޔިބު

ރާއްްޖެ މާކެޓު ކުރެވޭނީ އެންމެންގެ މަސައްކަތުން: އެމްއެމްޕީއާރުސީ

25 ޖޫން 2020

ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓު ކުރުމަކީ ހަަމަ އެއް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮވިޑް-19 އާ ހެދި ޓޫރިޒަމަށް ކުރިމަތިވެފައިވާ ކާރިސާ އިން އަރައިގަތުމަށް އެންމެން ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމްއެމްޕީއާރުސީން ރޭ ބުނެިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓު ކުރުމަކީ ހަަމަ އެއް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮވިޑް-19 އާ ހެދި ޓޫރިޒަމަށް ކުރިމަތިވެފައިވާ ކާރިސާ އިން އަރައިގަތުމަށް އެންމެން ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމްއެމްޕީއާރުސީން ރޭ ބުނެިފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުު ވިދާޅުވީ، ރާއްޖެ މާކެޓު ކުރުމަކީ ވަރަށް ގިނަ ފަރާތްތަކަކަށް ކޮށްދެވިދާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންނާ މުއާމަލާތް ކުރާ އެންމެން ކަންތައްތައް ކުރާ ގޮތް އެއީ މާކެޓިންގައި އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. ރާއްްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި އަލުން ހުޅުވައިލައި ޓޫރިސްޓުން އަންނަން ފަށާއިރު، ފުރިހަމަ މެހުމާންދާރީއެއް ދިނުމަކީ އެގޮތުން ވަަރަށް މުހިއްމު ކަމެއް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން އެއީ ހަމަ އެކަނި ވަކި ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން. އެމްއްޕީއާރުސީ ވިޔަސް ޓޫރިޒަމް މިނިސްޓްރީ ވިޔަސް ޕްރައިވެޓް ސެކްޓާ ވިޔަސް. އޭގެ އިތުރަށް ވަރަށް ގިނަ ފަރާތްތަކަކަށް، ޑެސްޓިނޭޝަން މާކެޓް ކޮށްދެވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް މީގެ ކުރިން ހީނަރުކަން އައި ކޮންމެ ފަހަރަކު، އެކަމުން އަރައިގަނެވެނީ އަަހަރެއް، ދެ އަހަރެއްގެ ތެރޭގަ އެވެ.

ތޮއްޔިބު ވިދާޅުވީ އެހެންވީމާ މި ފަހަރު ވެސް އުއްމީދާ އެކު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި މިކަމުން އަރައިގަނެވޭނެ މަގު އެބަ ފެންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ އެކު، ޓޫރިޒަމް ހުޅުވައިލާ އިރު، އެ ބަލިން ރައްކާތެރިވުމަށް އެކި ގައުމުތަކުން ސިއްހީ ކުރިއެރުން އިޝްތިހާރު ކުރަމުން އައި ނަމަވެސް މުހިންމީ ބަލިވާ މީހުންނަށް އަޅައިލާ ގޮޮތެވެ. އެންމެ ބޮޑު އިސްކަމެއް ދޭންވީ މީހުންނަށް އޯގާތެރި ހިދުމަތެއް ދިނުން ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގެ އެތައް ގައުމަކުން އެތައް ވައްތަރެއްގެ ފާޑުފާޑުގެ ސްޕްރޭތަކާ އެއްޗިހި ޖަހައިގެން ވެސް [ރަނގަޅު] ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގެ މި ތަފާތުކަން ދައްކަންވީ ހިތްހެޔޮކަމާއި އަޅައިލާނެ ކަމާއި އަދި ގައިޑްލައިންގައިވާ ގޮތުގެ މަތިން، ސިމްޕްޓަމެޓިކް މީހަކު ނުވަތަ [ކޮވިޑަށް] ޕޮޒިޓިވް ވެއްޖެ ނަމަ ސަރުކާރުން ނުވަތަ ދެން ވެސް އެހެން ފަރާތްތަކަކުން ކަން ކުރައްވާ ގޮތް އެއީ އަގުބޮޑުު މާކެޓިން ޕްލޭނަކަށް ވުރެ މާ އަގުހުރި އެއްޗަކަށް ވާނެއޭ އެކަން ރަނގަޅަށް ކުރެވިއްޖެއްޔާ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަންނަ އެންމެ ޓޫރިސްޓަކަށް ވެސް ދެރަގޮތެއް ދިމާވިޔަސް އެކަން ވާނީ އިންޑަސްޓްރީ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށާއި އެކަމުުން އަރައިގަންނަން މާ އުނދަގޫވާނެ ކަމަށެވެ. އެހެންވީމާ ރައްކާތެރިކަމުގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން މިހާރުން ފެށިގެން ވެސް ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވި އެެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަަށްްޓަކައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންްދުކުުރުމަށް ފަހު އަލުން ހުޅުވާނީ އަންނަ މަހު އެވެ. މިހާރު ހުއްޓިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީ ކުރީގެ ހާލަތަށް އިއާދަކުރުމަށްޓަކައި މާކެޓް ހޯދަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރޭގެ މީޑިއާ ބްރީފިން ގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަލުން ހުޅުވައިލާ ތާރީޚު އިއުލާނުކުރުމާ އެކު ރާއްޖެއާ ބެހޭ މައުލޫމާތު ގިނަ ބަޔަކު ހޯދަމުން އަންނަ ކަަމަށެވެ. ރާއްްޖެ އަށް ދަތުރުތައް އަލުން ފަށާނެކަން 11 އެއާލައިނަކުން އަންގާފައިވާ ކަމަށާއި ފުރަަތަމަ ހުޅުވައިލާ އިރު 41 ރިސޯޓެއް އޮޕަރޭޝަނަލް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.