Roadha Mihaaru
2020ގެ ފުރަތަމަ ޓޫރިސްޓަށް ވެ ބޮޑު އުފަލެއް

2020ގައި ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަށް ވެ ބޮޑު އުފަލެއް

01 ޖެނުއަރީ 2020

ރީތި ތާރީޚަކުން ފެށުނު އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ބަހްރެއިންގެ މުހައްމަދު ގާސިމަށް މިއަދަކީ އޭނާ ހީކުރިވަރަށް ވުރެން ވެސް މާ އުފާވެރި ދުވަހެކެވެ. ރާއްޖެ އަށް 2020 ގައި ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓުގެ ލަގަބާ އެކު އެއާޕޯޓުން އޭނާ އަށް ކީ ހޫނު މަރުހަބާ އެކެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރީތި ތާރީޚަކުން ފެށުނު އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ބަހްރެއިންގެ މުހައްމަދު ގާސިމަށް މިއަދަކީ އޭނާ ހީކުރިވަރަށް ވުރެން ވެސް މާ އުފާވެރި ދުވަހެކެވެ. ރާއްޖެ އަށް 2020 ގައި ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓުގެ ލަގަބާ އެކު އެއާޕޯޓުން އޭނާ އަށް ކީ ހޫނު މަރުހަބާ އެކެވެ.

ގަލްފްއެއާ އިން އަންހެނުން، ސާރާ ހެޝަމް އަލީއާ އެކު ރާއްޖެ އައި ގާސިމް ސިފަކުރި ގޮތުގައި، ގުދުރަތީ ރީތި ކަމާއި ހަމަހިމޭން ކަމުން ގިނަ ބައެއްގެ ހިތްދޫވެފައިވާ މި މަންޒިލް ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ވެ.

"އަހަރުމެންނަށް މި މަރުހަބާ އަކީ ވެސް ވަރަށް ބޮޑު ސަޕްރައިޒެއް. މިއީ، ވަރަށް ތަފާތު ކަމެއް. މިއީ ޓޫރިސްޓުންނާ ރާއްޖެއާ އޮންނަ ގުޅުމަށް ވަރަށް ރަނގަޅު ކަމެއް،" ޖާސިމް ބުންޏެވެ.

ޖާސިމް އަލަށް ރާއްޖެ އަޔަސް އޭނާގެ އަންހެނުން ސާރާ މީގެ ކުރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

އެ ދެމަފިރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. މި މަރުހަބާގެ އިތުރުން، ފުރަވެރި އައިލެންޑް ރެސޯޓް އެންޑް ސްޕާއިން ވަނީ ދެ ދެމަފިރިންނަށް ޗުއްޓީ ދަތުރެއް ވެސް ހަދިޔާކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ޓޫރިސްޓަށް ހޮލިޑޭ ޕެކޭޖް ހަވާލު ކުރަނީ-- ފޮޓޯ: މިހާރު

މި އަހަރުގެ ފުރަތަމަ ޓޫރިސްޓަށް ހޮލިޑޭ ޕެކޭޖް ހަވާލު ކުރަނީ-- ފޮޓޯ: މިހާރު

ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ދެންނެވުމަށް ފަހު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ ޓޫރިޒަމް ކުރިއަރުވަން މިދިޔަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގެ ފޮނި ނަތީޖާ މި އަހަރު ފެންނާނެ ކަމަށެވެ. ބަހުރެއިނަކީ ވެސް ރާއްޖޭގެ ޓުރިޒަމަށް މުހިންމު މާކެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި ބަހުރެއިނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް އެންމެ ބޮޑު ހޭދައެއް ކުރާ އެއްބަޔަކީ އެ ގައުމުން އަންނަ ޓޫރިސްޓުންނެވެ. އެހެންވެ އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރު ކުރަން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

"މި މަހުގެ ތެރޭގައި ވޯގް އަރަބިއާ އާއެކު ސްޕލިމެންޓެއް އަޅުގަނޑުމެން އިޝޫ ކުރާނަންް. އެ ހިސާބުން މި ސަރަހައްދުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތްް ފެށުނީ."

އަރަބި ގައުމުތަކުގެ އިތުރުން ރަޝިއާގައި ވެސް މި އަހަރު ހާއްސަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ. އެގޮތުން، ރަޝިއާގައި "ވިޒިޓް މޯލްޑިވްސް" ގެ ނަމުގައި މަތީ ފަންތީގެ ޑެލިގޭޝަންތަކުން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.