Roadha Mihaaru
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު

ބަޣުދާދީގެ އަންހެނުންގެ ފަރާތުން ވަރަށް ގިނަ މައުލޫމާތު ލިބުނު: ތުރުކީ

08 ނޮވެމްބަރ 2019

އަންކަރާ (ނޮވެމްބަރު 8) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ އަންހެނުން އަސްމާ ފައުޒީ މުހައްމަދު އަލް ގުބައިސީގެ ފަރާތުން އެ ޖަމާއަތާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބުނު ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ނޮވެމްބަރު 8) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ކުރީގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ އަންހެނުން އަސްމާ ފައުޒީ މުހައްމަދު އަލް ގުބައިސީގެ ފަރާތުން އެ ޖަމާއަތާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބުނު ކަމަށް ތުރުކީގެ އޮފިޝަލުން ބުނެފި އެވެ.

"އައިއެސްއާ ގުޅޭ ވަރަށް ގިނަ އާ މައުލޫމާތު ލިބިއްޖެ. އެ މައުލޫމާތުގެ އަލީގައި އައިއެސްގެ އިތުރު މީހުން ހައްޔަރު ކުރަން ފަސޭހަވާނެ،" ތުރުކީގެ އޮފިޝަލް ވިދާޅުވި އެވެ.

ބަޣުދާދީގެ ހުވަފަތް އަނތްބަކު ހައްޔަރުކޮށްފައިވާކަން އިއުލާން ކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. ބަޣުދާދީގެ ދައްތައަކާއި ޅިޔަނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ބަޣުދާދީގެ ދައްތަ 65 އަހަރުގެ ރަސްމިޔާ އައްވާދު ސީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން އައިއެސްއާ ބެހޭ ޖާސޫސީ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށް ތުރުކީގެ އޮފިޝަލުން ކުރިން ބުނެފައިވެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ތުރުކީގެ ކޮންޓްރޯލް ދަށުގައި އޮތް ހަލަބް ސިޓީންނެވެ.

ބަޣުދާދީ މަރުވިކަން ޓްރަމްޕް އިއުލާން ކުރެއްވީ އޮކްޓޯބަރު 27 ވަނަ ދުވަހު އެވެ. ޓްރަމްޕް ވިދާޅުވީ ސީރިއާގެ އިދްލީބުގައި ބަޣުދާދީ ދިރިއުޅުނު ގޭގެ ތެރޭން ހަދާފައިވާ ކޮޅުބެދިފައިވާ ބިންގަރާސް މަގުން ސަލާމަތް ނުވެވޭނެކަން ޔަގީންވުމުން ބަޣުދާދީ މަރުވީ އަމިއްލަ އަށް ކަމަށެވެ.