01 ނޮވެމްބަރ 2019
ބަޣުދާދު (ނޮވެމްބަރު 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރުވިކަން އެ ޖަމާއަތުން ފުރަތަމަ ފަހަރަށް ޔަގީންކޮށްދީފި އެވެ.
ބަޣުދާދު (ނޮވެމްބަރު 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރުވިކަން އެ ޖަމާއަތުން ފުރަތަމަ ފަހަރަށް ޔަގީންކޮށްދީފި އެވެ.
ޓެލެގްރާމް މެދުވެރިކޮށް އައިއެސް އިން އާއްމުކުރި މެސެޖެއްގައި ބުނެފައި ވަނީ ބަޣުދާދީ މަރުވުމާ ގުޅިގެން އެ ޖަމާއަތުގެ އާ ލީޑަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ ކިޔާ މީހެއް ކަމަށެވެ.
އައިއެސްގެ ތަރުޖަމާން އަބޫ އަލް ހަސަން އަލް މުހާޖިރު މަރުވެފައިވާކަން ވެސް އެ ޖަމާއަތުން އިއްޔެ ވަނީ ޔަގީންކޮށްދީފަ އެވެ. އަލް މުހާޖިރު މަރާލާފައި ވަނީ ބަޣުދާދީ މަރުވި ފަހުން، ސީރިއާގެ އުތުރުގައި ކުރުދީ ސިފައިންނާއި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ. ސަައުދީ އަށް ނިސްބަތްވާ މުހާޖިރަކީ ވެސް ބަޣުދާދީ އަށް ފަހު އައިއެސްއާ ހަވާލުވެދާނެ ކަމަށް ބެލެވުނު މީހެކެވެ. އައިއެސްގެ އާ ތަރުޖަމާނުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަބޫ ހަމްޒާ އަލް ހުރައިޝީ ކިޔާ މީހެކެވެ.
އައިއެސްގެ އާ ލީޑަރުގެ ގޮތުގައި ހަމަޖެއްސި އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ އަކީ ކުރިން އެހާ މަޝްހޫރު މީހެއް ނޫނެވެ. އާ ލީޑަރާ ބެހޭ މައުލޫމާތެއް އައިއެސް އިން ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ ފޮތޯއެއް ވެސް އާއްމުކޮށްފައެއް ނުވެ އެވެ. އައިއެސްގެ ބަޔާނުގައި ބުނެފައި ވަނީ ހާޝިމީ އަކީ ޖިހާދީ ހަނގުރާމަވެރިއެއް ކަމަށެވެ. އަދި އޭނާ ކުރިން ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ
ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި
ބަޣުދާދީގެ ބޮލަށް ހުށަހެޅި 25 މިލިއަން ކާކަށް؟
ބަޣުދާދީ މަރާލަން ހަމަލާދޭ ވީޑިއޯ އާއްމުކޮށްފި
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި
ބަޣުދާދީ މަރާލަން ދިން ހަމަލާގައި ދެމީހަކު ހައްޔަރުކުރި
ބަޣުދާދީ: އެތައް ފަހަރަކު މަރުވެއްޖެ!
ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން