29 އޮކްޓޯބަރ 2019
ވޮޝިންޓަން (އޮކްޓޯބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސްގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ދިން ހަމަލާގައި އެ ޖަމާއަތަށް ނިސްބަތްވާ އިސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވޮޝިންޓަނުން ބުނެފި އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސްގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރާލަން އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ދިން ހަމަލާގައި އެ ޖަމާއަތަށް ނިސްބަތްވާ އިސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވޮޝިންޓަނުން ބުނެފި އެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފުގެ ޗެއާމަން ޖެނެރަލް މާކް މިލޭ ވިދާޅުވީ އެ ދެމީހުން މިހާރު ތިބީ އެމެރިކާގެ ބެލުމުގެ ދަށުގައި "ރައްކާތެރި ތަނެއްގައި" ކަމަށެވެ. އެކަމަކު ހައްޔަރުކުރި އެއްވެސް މީހަކާ ބެހޭ މައުލޫމާތު ހަމާކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ޚާއްސަ ސިފައިންގެ ހަމަލާތަކުން ސަލާމަތްވާ ބަޣުދާދީ ވަނީ ކޮޅު ބެދިފައިވާ ޓަނަލެއްގެ ތެރެއަށެވެ. ޓަނަލް ތެރެއަށް އެމެރިކާގެ މިލިޓަރީ ކުއްތާތައް ދޫކޮށްލުން ބަޣުދާދީ އަށް ސަލާމަތް ނުވެވުމުން އެންމެ ފަހުން އޭނާ ވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާ ތަކެތި ގޮއްވާލައިގެން އަމިއްލަ އަށް މަރުވެފަ އެވެ. ބަޣުދާދީއާ އެކު އޭނާގެ ތިން ދަރިން ވެސް ވަނީ މަރުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ ބަޣުދާދީ މަރުވެގެން ދިޔައީ ރޮއި، ގިސްލައި، ހާސްކަން މަތީގައި ކަމަށެވެ. އެއީ ތެދެއްތޯ ނޫސްވެރިން ސުވާލު ކުރުމުން މިލޭ ވިދާޅުވީ އެ މައުލޫމާތު ޓްރަމްޕަށް ލިބިވަޑައިގަތް ގޮތެއް ނޭނގޭ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބަޣުދާދީ އުޅުނު ގެއިން 11 ކުދިން ސަލާމަތް ކުރި ކަމަށެވެ. ހަމަލާގައި ބަޣުދާދީގެ ދެ އަންތްބަކު މަރުވި ކަމަށް ވެސް ވިދާޅުވި އެވެ.
ޕެންޓަގަނުން ބުނީ ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް މިލިޓަރީ ކުއްތާ އަކަށް އަނިޔާވި ކަމަށް ބުންޏެވެ.
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ
ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި
ބަޣުދާދީގެ ބޮލަށް ހުށަހެޅި 25 މިލިއަން ކާކަށް؟
"ބަޣުދާދީ މަރުވެއްޖެ، އާ ލީޑަރަކު ހަމަޖައްސައިިފިން"
ބަޣުދާދީ މަރާލަން ހަމަލާދޭ ވީޑިއޯ އާއްމުކޮށްފި
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި
ބަޣުދާދީ: އެތައް ފަހަރަކު މަރުވެއްޖެ!
ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން