Roadha Mihaaru
ތުރުކީން ހައްްޔަރުކުރި އައިއެސް މީހުން ފޮނުވަން ފަށައިފި

ތުރުކީން ހައްްޔަރުކުރި އައިއެސް މީހުން ގައުމުތަކަށް ފޮނުވަން ފަށައިފި

12 ނޮވެމްބަރ 2019

އަންކަރާ (ނޮވެމްބަރު 12) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ މީހުން އެ މީހުންގެ ގައުމުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކަރާ (ނޮވެމްބަރު 12) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ މީހުން އެ މީހުންގެ ގައުމުތަކަށް ފޮނުވަން ފަށާފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.

ދާޚިލީ ވުޒާރާ އިން ބުނީ އެމެރިކާ އަށް ނިސްބަތްވާ އައިއެސްގެ މީހަކު އެ ގައުމަށް ފޮނުވާފައިވާ އިރު ޖަރުމަން، ފްރާންސް، އަޔަލޭންޑް އަދި ޑެންމާކަށް ނިސްބަތްވާ އައިއެސްގެ 20 މީހަކު އެ މީހުންގެ ގައުމުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ތުރުކީން ބުނީ އެ ގައުމުގެ ޖަލުތަކުގައި ތިބި އައިއެސްގެ 2،500 އަށް ވުރެ ގިނަ ހަނގުރާމަވެރިން އެ މީހުންގެ ގައުމުތަކާ ހަވާލުކުރަން ބޭނުންވާ ކަމަށެވެ. މީގެ ތެރޭން ގިނައީ ޔޫރަޕް މީހުންނެވެ. ނަމަވެސް އެ މީހުންނާ ހަވާލުވުމަށް ޔޫރަޕުގެ ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އައިއެސްއާ ގުޅުނު 100 އަށް ވުރެ ގިނަ މީހުންގެ ރަށްވެހިކަން އިނގިރޭސިވިލާތުން ވަނީ ބާތިލްކޮށްފަ އެވެ.

އައިއެސްގެ މެންބަރުންގެ އަނބިން ކަމަށް ބެލެވޭ ބަޔަކު ސީރިއާގެ ކޭމްޕެއްގައި ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ މެންބަރުންގެ އަނބިން ކަމަށް ބެލެވޭ ބަޔަކު ސީރިއާގެ ކޭމްޕެއްގައި ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އައިއެސްއާ ގުޅިގެން ހަނގުރާމަކުރި 102 ގައުމެއްގެ 7،600 މީހުން މިހާތަނަށް އެ މީހުންގެ ގައުމުތަކަށް ފޮނުވާލާފައިވާ ކަމަށެވެ.

އައިއެސް އަށް ނިސްބަތްވާ ހަނގުރާމަވެރިން ހައްޔަރު ކުރީ ސީރިއާ އިން ނުވަތަ ތުރުކީގެ ސަރަހައްދުގެ ތެރޭން ކަމެއް އަންކަރާ އިން ނުބުނެ އެވެ. އައިއެސްގެ ބައެއް މެންބަރުންނާއި އެ މީހުންގެ އާއިލާތަކުގެ މީހުން ވަނީ ސީރިއާގެ އިރު އުތުރުގެ ސަރަހައްދަކުން މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާ ދެކޮޅަށް ތުރުކީ ސިފައިން ފެށި އޮޕަރޭޝަނުގަ އެވެ.

އެސްޑީއެފް އިން އެ ދުވަސްވަރު ބުނެފައި ވަނީ އައިއެސްގެ 12،000 މީހުން އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ. އޭގެ ތެރޭން 4،000 މީހުންނަކީ ބިދޭސީން ކަމަށް ވެސް ބުނެފައިވެ އެވެ.