02 ޖެނުއަރީ 2017
އިސްތަންބޫލް (ޖެނުއަރީ 2) - ތުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ބަޑިޖަހާ 39 މީހުން މަރާލި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.
އިސްތަންބޫލް (ޖެނުއަރީ 2) - ތުރުކީގެ އިސްތަންބޫލްގެ ނައިޓްކްލަބެއްގައި އާ އަހަރު ފާހަގަކުރަނިކޮށް ބަޑިޖަހާ 39 މީހުން މަރާލި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.
އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ދިނީ އެ ޖަމާއަތުގެ "ހިތްވަރުގަދަ ސިފައިންގެ މީހެއް" ކަމަށެވެ. އައިއެސްގެ ބަޔާނުގައި ވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދީގެން މުސްލިމުންގެ ލޭ ތުރުކީން އޮހޮރުވަމުންދާ ކަމަށް ބުނެފަ އެވެ. ތުރުކީގައި މިދިޔަ އަހަރު ދިން ބައެއް ހަމަލާތަކާ އައިއެސްއާ ވަނީ ގުޅުވައިފަ އެވެ.
އިސްތަންބޫލްގެ މަޝްހޫރު ރެއިނާ ނައިޓްކްލަބަށް ދިން ހަމަލާގައި 180 ވަޒަން ފޮނުވާލާފައިވާ ކަމަށްވެ އެވެ. ހަމަލާ ދިން މީހާ ނައިޓްކްލަބަށް ދިޔައީ ޓެކްސީއެއްގައި ކަމަށާއި އެ ތަނަށް ވަނުމުގެ ކުރިން ގާޑަކާއި ފުލުސް މީހަކު މަރާލި ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެ އެވެ.
ތުރުކީގެ ނައިޓްކްލަބުގައި ހަމަލާ ދިން ސަރަހައްދު ފުލުހުން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
ހަމަލާ ދިނުމަށް ފަހު ނައިޓްކްލަބުގައި ތިބި މީހުން އެކި ދިމާލަށް ދުއްވައިގަތް ވަގުތު އެ މީހާ ވެސް ވަނީ އެތަނުން ފިލައިފަ އެވެ. އޭނާ ލައިގެން ހުރި ކޯޓާއި ބަޑި ނައިޓް ކްލަބަށް ދޫކޮށްލާފައިވާ އޮއްވާ ވަނީ ފެނިފަ އެވެ. އޭނާ ފިލީ ހަތް މިނިޓް ވަންދެން ހަމަލާ ދިނުމަށް ފަހު އެވެ.
ތުރުކީ ސިފައިން މިހާރު ވަނީ އޭނާ ހޯދަން ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. ތުރުކީގެ ދާޚިލީ ވަޒީރު ސުލެއިމާން ސޮއިލޫ ވިދާޅުވީ ހަމަލާ ދިން މީހާ އަތުލައިގަނެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ހަމަލާގައި މަރުވި މީހުންގެ ތެރޭން 25 މީހުންނަކީ ބިދޭސީންނެވެ. ޒަހަމްވެގެން 69 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މީގެ ތެރޭން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ.
ތުރުކީ: 11
ސައުދީ އަރަބިއާ: 7
އިރާގު: 4
ލުބުނާން: 3
ޖޯޑަން، އިންޑިއާ، މޮރޮކޯ (ކޮންމެ ގައުމަކުން ދެ މީހުން)
ސީރިއާ، އިޒްރޭލް، ފްރާންސް، ޓިއުނީޝިއާ، ބެލްޖިއަމް، ކުވޭތު، ކެނެޑާ، ރަޝިޔާ (ކޮންމެ ގައުމަކުން އެކަކު)
ޑިސެމްބަރު 10: އިސްތަންބޫލްގެ ފުޓުބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި ބޮމުގެ ހަމަލާދީ 44 މީހުން މަރާލި.
އޮގަސްޓް 20: ގަޒިއެންޓެޕްގެ ކައިވެނި ހަފުލާއަކަށް ބޮމުގެ ހަމަލާދީ 30 މީހުން މަރާލި.
ޖޫން 28: އިސްތަންބޫލްގެ އަތާތުރުކް އެއާޕޯޓަށް ބަޑިންނާއި ބޮމުން ހަމަލާދީ 41 މީހުން މަރާލި.
މާޗު 13: އަންކަރާގައި ކުރުދީ ހަނގުރާމަވެރިން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 37 މީހުން މަރާލި.
ފެބްރުއަރީ 17: އަންކަރާގައި ސިފައިންގެ ގާފިލާއަކަށް ދިން ހަމަލާއެއްގައި 28 މީހުން މަރާލި.
ސީރިއާގެ އައިއެސްގެ އަމާޒުތަކަށް ތުރުކީން ބޮން އަޅައިފި
އައިއެސްގެ އިސް ލީޑަރަކު ތުރުކީން ހައްޔަރުކޮށްފި
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ތުރުކީން ފޮނުވާލި އައިއެސް މީހާ ބޯޑަރުގައި ތާށިވެފައި
ތުރުކީން ހައްްޔަރުކުރި އައިއެސް މީހުން ފޮނުވަން ފަށައިފި
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
ހަމަަލާތައް ހުއްޓާލަން ތުރުކީން އެއްބަސްވެއްޖެ
އައިއެސް އެނބުރި އަންނަން ފުރުސަތެއް ނުދޭނަން: ތުރުކީ
ރަހީނަކު ސަލާމަތްކުރަން ގުރުބާންވި ސިފައިންގެ މީހާ މަރުވެއްޖެ
އައިއެސްއާ ގުޅުނު 15 އަންހެނަކު ދަންޖައްސަން ހުކުމްކޮށްފި