18 އޮކްޓޯބަރ 2019
އަންކަރާ (އޮކްޓޯބަރު 18) - ސީރިއާގެ އިރުއުތުރުގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ހުއްޓާލަން އަންކަރާ އިން އެއްބަސްވެއްޖެ އެވެ.
އަންކަރާ (އޮކްޓޯބަރު 18) - ސީރިއާގެ އިރުއުތުރުގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ހުއްޓާލަން އަންކަރާ އިން އެއްބަސްވެއްޖެ އެވެ.
ހަމަލާތައް ހުއްޓާލުމަށް ތުރުކީން އެއްބަސްވެފައި ވަނީ އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް އަންކަރާ އަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ. ހަމަލާތައް ހުއްޓާލުމުން، ކުރުދީ ހަނގުރާމަވެރިންނަށް ވަނީ، ތުރުކީން ގާއިމްކުރަން ބޭނުންވާ "ސޭފް ޒޯން" އިން ފައިބަން ފަސް ދުވަހުގެ ފުރުސަތު ލިބިފަ އެވެ.
"އޮޕަރޭޝން ޕީސް ސްޕްރިން"ގެ ނަމުގައި ބޯޑަރު ހުރަސްކޮށް ތުރުކީން އޮކްޓޯބަރު 9 ވަނަ ދުވަހު ކާޑިޝް ޕީޕަލަސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އާ ދެކޮޅަށް ހަމަލާތައް ފެށީވެސް ސޭފް ޒޯނެއް ގާއިމްކުރުމުގެ ބޭނުމުގަ އެވެ. އަދި ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ދިއުމަށް ފުރުސަތު ފަހިކުރުމަށެވެ. ތުރުކީން ގަބޫލް ކުރަނީ ވައިޕީޖީ އަކީ ޓެރަރިސްޓުން ކަމަށެވެ.
ވައިޕީޖީ ހިމެނޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ކޮމާންޑަރު މަޒްލޫމް އަބްދީ ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ތުރުކީންވި އެއްބަސްވުމަށް ކުރުދީން އިހްތިރާމް ކުރާނެ ކަމަށެވެ.
ތުރުކީގެ ރައީސް އުރުދުޣާން ކުރިން ވިދާޅުވެފައި ވަނީ އެ ގައުމުން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވޭނެ އެއްވެސް ބާރެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ.
ތުރުކީ ސިފައިންގެ މަރުކަޒަކަށް ރޮކެޓް ހަމަލާތަކެއް
ނޭޓޯގައި ބައިވެރިވާން ތުރުކީ ބުނާހާ ކަމެއް ނުކުރެވޭނެ
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
އައިއެސް މީހުން ތިބި ޖަލެއް ކުރުދީން ހުސްކޮށްފި:ތުރުކީ
ތުރުކީއާ ދެކޮޅަށް ކުރުދީން ގުޅުނީ ސީރިއާ ސަރުކާރާ އެކު
ކުރުދީންގެ މައިރަށަކަށް ތުރުކީ ސިފައިން ވަދެއްޖެ
ކުރުދީ އަމާޒުތަކަށް ހަމަލާ ދޭން ޖެހިދާނެ: އުރްދުޣާން
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ސީރިޔާގައި ތުރުކީ ސިފައިންގެ މަސައްކަތް ނިންމާލައިފި
ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރަށް ހިތި ނިމުމެއް