Roadha Mihaaru
ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރަށް ހިތި ނިމުމެއް

އިޒްރޭލުގެ އަންހެން ކުއްޖާ ގައުމުން ބޭރަށް ކުރި ފުރަތަމަ ދަތުރަށް ހިތި ނިމުމެއް

04 ޖެނުއަރީ 2017

އިސްތަންބޫލް (ޖެނުއަރީ 4) - ލީން ނަސީރު ދިޔައީ ތުރުކީގެ އިސްތަންބޫލަށް ފޮނުވައިދޭތޯ އޭނާގެ މައިންބަފައިންގެ ކައިރީ އާދޭސް ކުރަމުންނެވެ. އޭނާ މީގެ ކުރިން ދުވަހަކު ވެސް އިޒްރޭލް ފިޔަވައި އެހެން ގައުމަކަށް ނުދެ އެވެ. ލީންގެ ތިން އަންހެން އެކުވެރިން އިސްތަންބޫލަށް ދާން އުޅުނީ އާ އަހަރު ފާހަގަ ކުރުމަށެވެ. އެހެންވެ އޭނާ ވެސް ބޭނުންވީ އެ މީހުންނާ އެކު ދިއުމަށެވެ.

ހަސަން އާމިރު ހަސަން އާމިރު

އެކަމަކު ލީންގެ ބައްޕަ އެކަމަށް އެއްބަހެއް ނުވި އެވެ. އިސްތަންބޫލުގެ ސަލާމަތީ ހާލަތާ މެދު ލީންގެ ބައްޕަ ކަންބޮޑުވެ އެވެ. އެހެންވެ ބައްޕަ ބޭނުންވީ ލީން އިޒްރޭލުގައި ހުރުމަށެވެ. ލީން ދެން ދިޔައީ އޭނާގެ ބޮޑުދައިތަ ލަޔަތު މަސަރްވާހު ކައިރިއަށެވެ. ބައްޕަ އެއްބަސް ކުރުވޭތޯ އެވެ.

"ލީން ތުރުކީ އަށް ދިއުމަށް އޭނާގެ ބައްޕަ ވަރަށް ބޮޑަށް ދެކޮޅު. ބައްޕަ ބުނަމުން ދިޔައީ އިސްތަންބޫލަކީ ނުރައްކާތެރި ތަނެއް ކަމަށް. އެހެންވެ ލީން އަށް ނުދެވޭނެ ކަމަށް ބުނި. އެކަމަކު އަހަރެން ވަރަށް ބާރު އެޅުމުން ބައްޕަ އެންމެ ފަހުން އެއްބަސްވީ،" ލީންގެ ބޮޑު ދައިތަ މަސްރްވާހު ބުންޏެވެ.

ތުރުކީގެ ނައިޓްކްލަބުގައި ހަމަލާ ދިން މީހާ ބަޑި ހިފައިގެން ހަރަކާތްތެރިވަނީ: ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ނައިޓްކްލަބުގައި ހަމަލާ ދިން މީހާ ބަޑި ހިފައިގެން ހަރަކާތްތެރިވަނީ: ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައި. --ފޮޓޯ:އޭއެފްޕީ

ލީން، 18، އަކީ އިޒްރޭލުގެ މެދުތެރޭގެ އަރަބި ޓައުނެއް ކަމަށްވާ ޓިރާގައި ދިރިއުޅުނު މީހެކެވެ. އަންނަ ޖޫން މަހު ހައި ސްކޫލް ނިންމުމަށް ފަހު، ދިރިއުޅުމާ މެދު އޭނާ ދިޔައީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. އޭނާ ދިޔައީ ދަތުގެ ކްލިނިކެއްގައި މަސައްކަތް ކުރަމުންނެވެ. އަދި ކާރެއް ގަންނަން ފައިސާ ދިޔައީ ރައްކާ ކުރަމުންނެވެ. ލީން ބޭނުންވީ ކޮންމެވެސް ދުވަހަކުން ދަތުގެ ޑޮކްޓަރަކަށް ވާށެވެ.

އެންމެ ފަހުން ބައްޕަ އެއްބަސްވުމާ އެކު ލީންއާ އޭނާގެ ތިން އެކުވެރިން އިސްތަންބޫލަށް ގޮސް އާ އަހަރު ފާހަގަ ކުރަން ރެއިނާ ކްލަބަށް ދިޔަ އެވެ. އެރޭގެ 12 ޖެހުމުގެ ކުރިން ލީން ވަނީ ސްނެޕްޗެޓުން ބައެއް ފޮޓޯ ވެސް ޕޯސްޓްކޮށްފަ އެވެ.

އާ އަހަރުގެ އުފާ ފާހަގަކުރަނިކޮށް ރެއިނާ ނައިޓްކްލަބަށް ހަތިޔާރު ހިފައިގެން ހުރި މީހަކު ވަދެ ބަޑިން ހަމަލާދީ 39 މީހުން މަރާލި އެވެ. ހަމަލާ އަށް ފަހު ގެއްލުނު މީހުންގެ ތެރޭގައި ލީން ވެސް ހިމެނެ އެވެ. އޭނާގެ ތިން އެކުވެރިން ފެނުނެވެ. އޭގެ ތެރޭން ދެ މީހުން ޒަހަމްވި އެވެ. އެކަކު އޮތީ ހޮސްޕިޓަލުގަ އެވެ. އެކަމަކު އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

ތުރުކީގެ ނައިޓް ކްލަބުގައި ދިން ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ: މި ހަމަލާގައި 39 މީހުން ވަނީ މަރުވެފައި. --ފޮޓޯ:އޭއެފްޕީ

ތުރުކީގެ ނައިޓް ކްލަބުގައި ދިން ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ: މި ހަމަލާގައި 39 މީހުން ވަނީ މަރުވެފައި. --ފޮޓޯ:އޭއެފްޕީ

ލީންގެ ބައްޕަ ވަނީ އެންމެ އަވަހަށް ޖާގަ ލިބުނު ފްލައިޓުން އިސްތަންބޫލަށް ގޮހެވެ. އެއީ ތެލް އަވީވުން ފްލައިޓުގައި 90 މިނިޓުން ދެވޭ ހިސާބެކެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ލީންގެ އާއިލާގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. އާއިލާގެ ބައެއް މީހުން ބުނަމުންދިޔައީ ކޮންމެވެސް ހޮސްޕިޓަލެއްގައި ލީން އޮންނާނެ ކަމަށެވެ. އެކަމަކު ޓިރާގައި ހުރި ލީންގެ ބޮޑު ބޭބެ ފޯނަށް ފޮނުވި ފޮޓޯތަކަކުން އިތުރު ހިތާމައެއް ކުރިމަތިވި އެވެ. އެ ފޮޓޯތައް ފޮނުވީ ލީންގެ ބައްޕަ އެވެ. ލެއިން ތަތްތެޅިފައިވާ އަންހެން ކުއްޖެގެ އެ ފޮޓޯތައް ބޮޑުބޭބެ ވަނީ ލީންގެ ބޮޑު ދައިތަ އަށް ވެސް ދައްކައިފަ އެވެ. ބޮޑު ދައިތަ ބުނީ އެއީ ލީންކަން ޔަގީން ކަމަށެވެ. ލީންގެ ބައްޕަ އެ ފޮޓޯތައް ބޮޑު ބޭބެ އަށް ފޮނުވީ އެއީ ލީންކަން ޔަގީން ނުވުމުންނެވެ.

"އަހަރެން އަމިއްލަ ނަފްސަށް ވެސް މައާފެއް ނުކުރެވޭނެ،" ބޮޑުދައިތަ މަސްރްވާހު ބުންޏެވެ. "މިހާރު ހިތަށް އަރާ ލީންއާ އެއްކޮޅަށް ހުރެ އޭނާ އިސްތަންބޫލް އަށް ނުފޮނުވުނު ނަމައޭ. މިވީ ކަންތައް އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ."

ލީންގެ ހަށިގަނޑު އިއްޔެ ވަނީ އިޒްރޭލަށް ގެންގޮސްފަ އެވެ.