އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވައިދޭން އެދި 52 ގައުމަކާއި ދެ ޖަމިއްޔާއަކުން ސޮއިކޮށް އދ. އަށް ތުރުކީގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވައިދޭން އެދި 52 ގައުމަކާއި ދެ ޖަމިއްޔާއަކުން ސޮއިކޮށް އދ. އަށް ތުރުކީގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
"ހަތިޔާރާއި އެއަށް ބޭނުންވާ ތަކެތި އިޒްރޭލަށް ވިއްކުން ހުއްޓާލަން 54 ފަރާތަކުން ސޮއިކޮށްފައިވާ ސިޓީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ވާނީ އދ. އަށް ހުށަހަޅާފައި،" ތުރުކީ-އެފްރިކާ ޕާޓްނާޝިޕް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޖިބޫޓީގައި އުޅުއްވަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަކަން ފިދާން ވިދާޅުވި އެވެ.
"އިޒްރޭލަށް ހަތިޔާރު ވިއްކުމުގެ މާނައަކީ އެ މީހުންގެ ޖަރީމާތަކުގައި ބައިވެރިވުންކަން ކޮންމެ ފުރުސަތެއްގައި ވެސް ފާހަގަކޮށް އެ ވާހަކަ ތަކުރާރު ކުރަން ޖެހޭ،" ފިދާން ވިދާޅުވި އެވެ.
މި ސިޓީގައި ސޮއިކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ބްރެޒިލް، އަލްޖީރިއާ، ޗައިނާ، އީރާން އަދި ރަޝިއާ ހިމެނޭއިރު، އަރަބި ލީގާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވެސް ސޮއިކޮށްފައިވެ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ މަހު އދ. ގައި ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން ގޮވާލައްވައިފަ އެވެ. މިއީ އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމުގައި ނަތީޖާ ނެރެވިދާނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ
އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ