އިޒްރޭލުން ޣައްޒާ ހިފައި އެތަން ކޮންޓްރޯލްކުރަން ގެންގުޅޭ ޕްލޭނުގެ ސަބަބުން އިތުރު މުސީބާތެއް ނޫނީ ކުރިމަތިނުވާނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ޣައްޒާ ހިފައި އެތަން ކޮންޓްރޯލްކުރަން ގެންގުޅޭ ޕްލޭނުގެ ސަބަބުން އިތުރު މުސީބާތެއް ނޫނީ ކުރިމަތިނުވާނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޣައްޒާ ސިޓީ އިޒްރޭލުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދަން ނިންމައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ހުކުރު ދުވަހު ފާސްކުރުމާ އެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ހަފުތާ ބަންދުގައި އާދަޔާ ހިލާފު ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ.
"މި ޕްލޭންތައް އެގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ކުރިމަތިވާނީ އިތުރު މުސީބާތެއް. އިތުރު ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވުމާއި މީހުން މެރުމާއި އިތުރު ވީރާނަކަން މުޅި ސަރަހައްދަށް ފެތުރިގެން ދިއުން ނޫން ކަމެއް ނުވާނެ،" އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ މިރޮސްލާވް ޖެންކާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ ކުރިން، ސަލާމަތީ މަޖިލީހުގައި ހިމެނޭ ޔޫރަޕްގެ ފަސް މެންބަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން، ސްލޮވޭނިއާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސެމިއުލް ޒްބޮގާ ވިދާޅުވީ އިޒްރޭލުގެ ނިންމުމަކީ ރަހީނުކޮށްފައި ތިބި މީހުން ސަލާމަތްކޮށް އަނބުރާ ގެންދަން އެއްވެސް އެހީއަކަށް ނުވާނެ ކަމަށާއި މިއީ އެ މީހުންގެ ފުރާނައަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ.
"އަދި މިކަމުގެ ސަބަބުން ޣައްޒާގައި މިހާރުވެސް އޮތް ނުރައްކާތެރި އިންސާނީ ހާލަތު އިތުރަށް ގޯސްވެ، ފަލަސްތީނުގެ އާންމުން އިތުރަށް މަރުވެ، ގިނަ ބައެއްގެ ގެދޮރު ގެއްލުމުގެ ނުރައްކާ އިތުރަށް ބޮޑުވާނެ."
ނަމަވެސް އާދީއްތަ ދުވަހު ނަތަންޔާހޫ ބުނީ އިޒްރޭލުން މަޝްވަރާ ކުރަމުން ދަނީ ވަރަށް ކުރު މުއްދަތެއްގެ ޕްލޭނަކަށް ކަމަށާއި އެއީ ހަނގުރާމަ ނިމުމަކަށް ގެނަން ބޭނުންވާތީ ކަމަށެވެ. އަދި ޣައްޒާ ހިފުމުގެ ވިސްނުމެއް އިޒްރޭލުގެ ނެތް ކަމަށް ވެސް ބުންޏެވެ.
ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޒް މަންސޫރު ހުކުރު ދުވަހު ވިދާޅުވީ "އިޒްރޭލު ސަރުކާރުގެ މި ހަރުކަށިކަމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ވިސްނުމާ ކަނޑައެޅިގެން ހިލާފް އަމަލެއް" ކަމަށެވެ.
އިޒްރޭލުގެ ނިމުން ކުށްވެރިކުރުމަށް ސަލާމަތީ މަޖިލީހުން މަސައްކަތްކުރި ނަމަވެސް، އަބަދުވެސް އިޒްރޭލު ހިމާޔަތްކުރާ، ވީޓޯގެ ބާރު ލިބިފައިވާ އެމެރިކާއިން އެކަމަށް މިފަހަރު ވެސް ހުރަސްއަޅާނެ ކަމަށް ބެލެވެ އެވެ.
މި ބައްދަލުވުމުގެ ކުރިން، އިޒްރޭލުން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނީ ޑެނޮން ވަނީ "ރަހީނުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓާނުލާނެ" ކަމަށާއި "ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ޒިންމާއެއް" ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
ޣައްޒާގެ ގަރާރު އެމެރިކާއިން މިފަހަރު ވެސް ވީޓޯކޮށްފި
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ