Roadha Mihaaru
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް

ހޫތީން ރަތްކަނޑުގައި ދޭ ހަމަލާތައް "ވަގުތުން ހުއްޓާލަން" ސަލާމަތީ މަޖިލީހުން ގޮވާލައިފި

11 ޖެނުއަރީ 2024

ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ޔަމަންގެ ހޫތީ ހަނގުރާމަވެރިން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގައި ކަނޑުމަގުން އުފުލާ މުދަލުގެ 12 ޕަސެންޓް އުފުލަން ބޭނުންކުރާ ކަނޑުގެ ސަރަހައްދު ކަމަށްވާ ރަތްކަނޑުގައި ހޫތީން ހަމަލާ ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެފަ އެވެ. ހަމަލާ ދެނީ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތަކަށް ނުވަތަ އިޒްރޭލާ ގުޅުން ހުރި މުދާ އުފުލާ އުޅަނދުތަކަށް ކަމަށް ވަނީ ބުނެފަ އެވެ.

ހޫތީންގެ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ގެއްލުންވާ ކަމަށާއި އެހެންވެ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި ގަރާރު ފާސްކުރި އިރު ރަޝިޔާ، ޗައިނާ، މޮޒަމްބީކް އަދި އަލްޖީރިއާ އިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

ހޫތީން ރަތްކަނޑުގައި ދޭ ހަމަލާތައް ވަރުގަދަކޮށް އިތުރުކުރަމުން ދާތީ ޝިޕިން ކުންފުނިތަކުން އެ ކަނޑުގެ ސަރަހައްދާ ދުރުން، ދިގު މަގުތަކުން ދާން ޖެހުމުން މުދާ އުފުލުމުގެ ހަރަދު ދަނީ ބޮޑުވަމުންނެވެ.

ހޫތީން މިދިޔަ ނޮވެމްބަރު މަހު 19 ގައި "ގެލްކްސީ ލީޑާ" ކިޔާ ބޯޓަކާއި އޭގެ ފަޅުވެރިން ވެސް ހިފެހެއްޓި އެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ގަރާރުގައި ކުށްވެރިކޮށްފައިވެ އެވެ.

އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާތަކާ އެކު މިފަހަރު ދޭން ފެށި ހަމަލާތައް އަދިވެސް ކުރިއަށް ގެންދާއިރު މިއީ މިހާތަނަށް ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން އެންމެ ވަރުގަދަ އަށް ހަމަލާދޭ ފަހަރެވެ. ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،000 މީހަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން 27،000 އަކީ އާންމުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ