16 ޖޫން 2024
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދެމުން ގެންދާ ޔަމަންގެ ހޫތީން ބުރާސްފަތި ދުވަހު ހަމަލާދިން ކާގޯ ބޯޓަށް ލިބުނު ގެއްލުންތަކަށް ފަހު އޭގެ ފަޅުވެރިން ބޯޓު ދޫކޮށް އެއިން ފައިބައިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ބުނެފި އެވެ.
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާ ދެމުން ގެންދާ ޔަމަންގެ ހޫތީން ބުރާސްފަތި ދުވަހު ހަމަލާދިން ކާގޯ ބޯޓަށް ލިބުނު ގެއްލުންތަކަށް ފަހު އޭގެ ފަޅުވެރިން ބޯޓު ދޫކޮށް އެއިން ފައިބައިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއްޔެ ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތީ އެކަމުގެ ބަދަލު ހިފަން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދެމުން ގެންދާ މި ހަމަލާތަކުގައި މިފަހަރު ހަމަލާ އަމާޒުވީ ޕޮލެންޑުގެ ކުންފުންޏަކުން ޕަލާއޫގެ ދިދައިގައި ދުއްވަމުން އަންނަ، ޔުކްރެއިން ކުންފުންޏެއްގެ ބޯޓެއް ކަމަށްވާ އެމް/ވީ ވާބަނާ އަށެވެ.
ހޫތީންގެ ހަމަލާތައް މި ހަފްތާ ތެރޭ އިތުރުކޮށްފައި ވަނިކޮށް ދިން މި ހަމަލާގައި އެމް/ވީ ވާބަނާ އަށް ދެ މިސައިލް އަމާޒުވި އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ދެ މިސައިލްގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެ ކޮންޓްރޯލް ނުވެގެން އުޅޭ ކަމުގެ ކަމުގެ ރިޕޯޓް އެ އުޅަނދުން ދިން ކަމަށެވެ.
ސެންޓްރަލް ކޮމާންޑުން ބުނީ އެހީއަށް އެދި އެ ބޯޓުން ދިން މެސެޖަށް ފަހު، އެހެން ކާގޯ ބޯޓަކުން ފަޅުވެރިން ނަގާފައިވާ ކަމަށެވެ.
"އެހީއަށް އެދުނު އިރު، އީރާންގެ އުޅަނދެއް ކަމަށްވާ އިރިން ޖަމަރަން އޮތީ އެމް/ވީ ވާބަނާއާ އެންމެ އަށް ނޯޓިކަލް މޭލު ދުރުގައި. އެކަމަކު އެހީއެއް ނުވި،" ސެންޓްރަލް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މިސައިލް ހަމަލާގައި ބޯޓުގެ އެއް ފަޅުވެރިއަކު ވަރަށް ބޮޑަށް ޒަހަމްވެފައި ވަނިކޮށް އެމެރިކާ ސިފައިން ވަނީ އެ މީހާއަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.
ފަޅުވެރިން ބޯޓު ދޫކޮށްލުމުން މިހާރު ރަތްކަނޑުގައި ބޯޓު އޮތީ އޮޔަށް ދޫވެފަ އެވެ.
ހޫތީން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރަނީ އިޒްރޭލުގެ މުދާ އުފުލާ ބޯޓުތަކާއި އެކި ގޮތްގޮތުން އިޒްރޭލާ ގުޅުން އޮންނަ ބޯޓުތަކަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. -- އޭއެފްޕީ
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން
އިޒްރޭލަށް ދިޔަ ކާގޯ ބޯޓަކަށް ހޫތީން ހަމަލާދީފި
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި
ހޫތީން ބުނަނީ ބޮން އެޅިޔަސް ހަމަލާތައް ނުހުއްޓާނެކަމަށް
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ރަތްކަނޑުގައި ހޫތީންގެ ޑްރޯންތައް ގިނަވެ ސަމާލުކަމަށް
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް