17 ޖެނުއަރީ 2024
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައި ވާއިރު އިއްޔެ ވެސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އުޅަނދުތަކަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައި ވާއިރު އިއްޔެ ވެސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ ހޫތީން ދެމުން ގެންދާ ހަމަލާތަކުގައި މިފަހަރު ހަމަލާ އަމާޒުކުރީ ޣައްޒާއަށް އިޒްރޭލުން ހަމަލާ ދޭން ފެށި ފަހުން އިޒްރޭލަށް ދިޔަ، މޯލްޓާގެ ދިދާގައި ދަތުރުކުރި ގްރީކް ކުންފުންޏެއްގެ ބަލްކް ކެރިއަރަކަށް ކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ރިސްކް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ އަމްބްރޭ އިން ބުންޏެވެ.
އަމްބްރޭ އިން ބުނީ ހަމަލާގައި ބޯޓަށް ގެއްލުން ވެފައިވާ ކަމަށާއި ހަމަލާ އަމާޒުވި އިރު ބޯޓު ދިޔައީ ރަތްކަނޑުގެ ދެކުނުން ޓްރާންސިޓްކުރަން ކަމަށެވެ. ސުއެޒް ކެނެލަށް މިސްރާބު ހުރި ބޯޓު ހަމަލާގެ ފަހުން މިސްރާބު ބަދަލުކޮށް އައި ކޮޅަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ގްރީކްގެ މެރިޓައިމް ކަންކަމާ ބެހޭ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ހަމަލާ އަމާޒުވީ 24 ފަޅުވެރިންނާ އެކު ދަތުރުކުރި، "ޒޮގްރަފިއާ" ކިޔާ ބޯޓަކަށެވެ. މިއީ ވިއެޓްނާމުން އިޒްރޭލަށް ދަތުރުކުރި ބޯޓެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
ހަމަލާގައި ބޯޓަށް ގެއްލުންތަކެއް ވިޔަސް ދުއްވޭ ވަރުވާ ކަމަށާއި މީހަކަަށް ވެސް އަނިޔާއެއް ނުވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެހެންވެ ބޯޓުގެ ދަތުރު ހުއްޓާނުލާ ކަމަށް ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ހޫތީން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ހޫތީން އުޅަނދުތަކަށް ހަމަލާ ދީފައިވެ އެވެ. އެކަމަކު އެއީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދުތަކަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ހަމަލާދީ، ހޫތީންގެ އަސްކަރީ މަގާމުތަކަށް ގެއްލުން ދީފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލަނީ ރަތްކަނޑުންނެވެ. މި ކަނޑުގައި އުޅަނދުތަކަށް ހަމަލާދޭތީ ބައެއް ބޯޓުތައް މިހާރު އިހްތިޔާރު ކުރަނީ ދުރު މަގުތަކެވެ. އެހެންވެ މުދާ އުފުލުމުގެ އަގު ބޮޑުވެ މުދަލުގެ އަގު އުފުލިދާނެ ސަބަބަކަށް ވަނީ ވެފަ އެވެ. --އޭއެފްޕީ
އިޒްރޭލުގެ މެދަށް އަނެއްކާވެސް ހޫތީންގެ މިސައިލެއް
ރަތްކަނޑުގައި ހޫތީންގެ އާ ހަމަލާތަކެއް
ހޫތީން ހަމަލާދިން ކާގޯ ބޯޓަކުން ފަޅުވެރިން ފައިބައިފި
ހޫތީން ތިން ބޯޓަކަށް ހަމަލާ ދީފި؛ ދެ ބޯޓެއްގައި ރޯވި
ބޯޓުތަކަކަށް އަނެއްކާވެސް ހަމަލާ ދީފިން: ހޫތީން
ރަތްކަނޑުގައި ހޫތީން ބޯޓަކަށް މިސައިލް ހަމަލާއެއް ދީފި
ހޫތީން ބުނަނީ ބޮން އެޅިޔަސް ހަމަލާތައް ނުހުއްޓާނެކަމަށް
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ރަތްކަނޑުގައި ހޫތީންގެ ޑްރޯންތައް ގިނަވެ ސަމާލުކަމަށް
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް