ފަލަސްތީނުގެ ޣައްޒާގެ ބައެއް ހިސާބުތަކުގައި ކާބޯތަކެތި ހުސްވެ އާންމުން ބަނޑަށްޖެހިފައިވާ ކަމަށް ކަނޑައަޅައި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އިން ނެރުނު ރިޕޯޓް އަނބުރާ ގެންދަންޖެހޭނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ބައެއް ހިސާބުތަކުގައި ކާބޯތަކެތި ހުސްވެ އާންމުން ބަނޑަށްޖެހިފައިވާ ކަމަށް ކަނޑައަޅައި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން އިނީޝިއޭޓިވް (އައިޕީސީ) އިން ނެރުނު ރިޕޯޓް އަނބުރާ ގެންދަންޖެހޭނެ ކަމަށް ބުނެ އިޒްރޭލުން އިންޒާރު ދީފި އެވެ.
އައިޕީސީ އަކީ ބަނޑުހައިހޫނުކަން މޮނިޓާކުރުމަށް، އދ.ގެ ތާއީދާ އެކު ހިންގާ އަމިއްލަ ޖަމިއްޔާއެކެވެ.
އިޒްރޭލުން ގަސްތުގައި އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށްޖެހިފައިވާ ކަމަށް ކަނޑައަޅާފައިވާ ރިޕޯޓަކީ އިޒްރޭލުން ބުނި ގޮތުގައި "އަމިއްލައަށް ހަދައިގެން ދައްކާފައިވާ" ވާހަކަތަކެކެވެ.
"އައިޕީސީން މިހާރުން މިހާރަށް ދޮގު ރިޕޯޓް އަނބުރާ ގެންގޮސް އެކަމާ ބެހޭ ގޮތުން ނޯޓިސްއެއް ނެރުމަށް ގޮވާލަން" އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އެޑެން ބާ ތާލް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
އޭނާ ބުނީ ރިޕޯޓް އެކުލަވައިލުމުގައި ކޮށްގެން ނުވާނެ ކަންކަން ކޮށްފައިވާ ކަމުގެ ހެކި، އައިޕީސީއަށް އެހީދޭ ފަރާތްތަކަށް ހުށަހަޅަން ތައްޔާރު ކަމަށާއި "ލަސްނުކޮށް ރިޕޯޓް އަނބުރާ ނުގެންގޮސްފި ނަމަ" އެގޮތަށް ކަންތައް ކުރާނެ ކަމަށެވެ. އަދި އައިޕީސީ އަކީ ސިޔާސީވެފައިވާ އަދި ޓެރަރިސްޓުންނަށް މަދަދުވެރި ޖަމާއަތެއްގެ ގޮތުގައި ވެސް ސިފަކުރި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ ދެ އަހަރުވާން ގާތްވެފައި ވާއިރު ޣައްޒާގެ ހިސާރާ ހެދި ކާބޯތަކެތި ހުސްވެ އާންމުން ހައިހޫނުކަމުގައި އުޅެންޖެހިފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު އިޒްރޭލުން ބުނަމުންދަނީ އެހީގެ ސާމާނު ޣައްޒާއަށް ވެއްދޭ ކަމަށާއި އެ ތަކެތި ހަމާސް އިން ފޭރެނީ ކަމަށެވެ.
އައިޕީސީގެ ރިޕޯޓްގައިވާ ގޮތުގައި ޣައްޒާ ސިޓީ ހިމެނޭ ގޮތަށް ފަލަސްތީނުގެ ފަސްބައިކުޅަ އެއްބައި ހިމެނޭ ޣައްޒާ ސަރަހައްދުގެ 500،000 މީހުންނަށް ވަނީ ބަނޑަށްޖެހުމުގެ ނުރައްކާ ތަހަންމަލްކުރަން ޖެހިފަ އެވެ. އައިޕީސީން ލަފާކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދީރުލް ބަލަހް އާއި ޚާން ޔުނިސް ސަރަހައްދަށް މި ކާރިސާ ފެތުރި، ގާޒާގެ ތިންބައިކުޅަ ދެބައި މީހުންނަށް މިކަމުގެ އަސަރު ކުރާނެ އެވެ.
އދ.ގެ އެހީގެ މަސައްކަތުގެ އިސް ވެރިޔާ ޓޮމް ފްލެޗާ ވިދާޅުވީ، މިއީ ކުރިމަތިނުވެ ސަލާމަތްކުރެވޭނެ ކާރިސާއެއް ކަމަށާއި، އިޒްރޭލުން ނިޒާމީ ގޮތުން ހުރަސް އެޅުމުގެ ސަބަބުން، ކާބޯތަކެތި ފޯރުކޮށްދެވެން ނެތިގެން މި ހާލަތު ކުރިމަތިވީ ކަމަށެވެ.
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
ޣައްޒާގައި އެހީ ހޯދަން ދިޔަ 800 މީހަކު ޝަހީދުކޮށްލި
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ
އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ