ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލުމަށް ފަހު އަލުން ފެށި ފަހުން ގާތްގަނޑަކަށް 400،000 މީހުން މަގުމަތިވެފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލުމަށް ފަހު އަލުން ފެށި ފަހުން ގާތްގަނޑަކަށް 400،000 މީހުން މަގުމަތިވެފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް އިއްޔެ ވިދާޅުވެއްޖެ އެވެ.
"ޣައްޒާގައި ދެމުން ދިޔަ ހަމަލާތަކުން ސަލާމަތްވި މީހުން މިހާރުދަނީ އަނެއްކާވެސް މަގުމަތިވެ ހާލުގައި ޖެހެމުން. އަދި މިކަން މިހެން ދަނީ ތަކުރާރުވަމުން. އެ މީހުން އުޅެން އޮތް ސަރަހައްދު ހައްތާ ކުޑަވަމުން ދާއިރު އެ މީހުންގެ އަސާސީ ބޭނުންތައް ވެސް ނުފުއްދޭ ހިސާބަށް ހާލަތު ހިނގައްޖެ،" ތަރުޖަމާނު ވިދާޅުވި އެވެ.
"ޖުމްލަގޮތެއްގައި އަޅުގަނޑުމެން އަންދާޒާކުރާ ގޮތުގައި ހަމަލާތައް އަލުން ފެށި ފަހުން އަނެއްކާވެސް ގާތްގަނޑަކަށް ހަތަރު ލައްކަ އެއްހާ މީހުން ވަނީ ގެދޮރު ގެއްލިފައި."
ގާތްގަނޑަކަށް 2.4 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ހަމަލާދޭން ފެށި ފަހުން އެ އާބާދީގެ ގިނަ މީހުންނަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ގެދޮރު ގެއްލިފައިވާ މީހުންނެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް، ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި ވޯލްޑް ފުޑް ޕްރޮގްރާމުގެ ވެރިންގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނު ނެގެހެއްޓުމަށާއި މިހާރު ހިނގަމުންދާ އަނިޔާވެރިކަން ވީ އެންމެ އަވަހަށް ހުއްޓުވުން ގައުމުތަކުގެ ވެރިންނަށް ގޮވާލައިފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޣައްޒާގެ އާންމުންނަށް ބޮމުގެ ހަމަލާތައް އަމާޒުވަމުން ދާއިރު އެ މީހުން އަނެއްކާވެސް ތިބީ ވެއްޓެމުންދާ އިމާރާތްތަކުގެ ތެރޭގައި އަނެއްކާވެސް ހައިހޫނުކަމުގެ ނިކަމެތި ހާލަތުގައި ކަމަށެވެ. އަދި މި ހާލަތު މިހެން އޮއްވައި ވެސް އިޒްރޭލުން އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުން ހުއްޓުވަމުންދާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"ޣައްޒާއިން ފެންމުންދަނީ އިންސާނުންގެ ފުރާނައަކީ އެއްވެސް އެއްޗެއް ކަމަށް ނުބަލައި ކުރަމުންދާ ހަނގުރާމައެއް،" އދ.ގެ ބޮޑެތި ޖަމިއްޔާތަކުގެ ވެރިންގެ ބަޔާނުގައިވެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ ބިމުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އަދި އޮކްޓޫބަރު 7 ގެ ހަމަލާގެ ފަހުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު ބައި ލައްކައިން މައްޗަށް ވަނީ ގޮސްފަ އެވެ.
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
އދ.ގެ އިމާރާތަކަށް ހަމަލާދީ 19 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 10 ދުވަސް ތެރޭ 322 ކުއްޖަކު ޝަހީދު
ޣައްޒާއިން ކަރަންޓު ކަނޑާލުމުގެ ނަތީޖާ ގޯސްވާނެ: އދ
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ޣައްޒާގައި އެހީގެ ހުރިހާ މަސައްކަތެއް ހުއްޓިއްޖެ: އދ
"ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު"
އޮކްޓޫބަރު 7ގެ ހަމަލާގައި އދ.ގެ ނުވަ މީހަކު ހިމެނޭ
ޣައްޒާގެ ސްކޫލަކަށް ބޮން އަޅައިފި؛ 37 މަރު
ޣައްޒާއިން ސާފުކުރަންޖެހޭ 37 މިލިއަން ޓަނުގެ ގާކުނޑި