ޣައްޒާގެ އެހީ ބަހާ ތަންތަނުގެ ކައިރީގައި އާންމުންނަށް ދިން ނުރައްކާތެރި ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓޫކް ވިދާޅުވެއްޖެ އެވެ.
ޣައްޒާގެ އެހީ ބަހާ ތަންތަނުގެ ކައިރީގައި އާންމުންނަށް ދިން ނުރައްކާތެރި ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްކާ ޓޫކް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގައި ހުންނަ ޑިސްޓްރިބިއުޝަން ސެންޓަރެއް ކައިރީގައި އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި މިއަދު 27 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
އާދީއްތަ ދުވަހު ވެސް އެހީގެ ސެންޓަރެއްގެ ކައިރީގައި ދިން ހަމަލާއެއްގައި 31 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
"ޣައްޒާގައި ލިބެން ހުރި މަދު ކާބޯތަކެއްޗާ ހަމައަށް ވާސިލްވުމަށް މަސައްކަތްކުރާ، ހާލުގައި ޖެހިފައިވާ އާންމުންނަށް ނުރައްކާތެރި ހަމަލާތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޓޫކްގެ ބަޔާނުގައިވެ އެވެ.
"ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ އެހީ ދޭ ތަންތަނުގެ ކައިރީގައި ޖެހިޖެހިގެން ތިން ވަނަ ދުވަހު ވަނީ މީހުން މަރުވެފައި. މިއަދު ހެނދުނު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިތުރު އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެއްޖެ."
އެމެރިކާގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ޖީއެޗްއެފް އަކީ އިޒްރޭލާ ގުޅިގެން ޣައްޒާއަށް އެހީ ފޯރުކޮށްދޭން އަލަށް އުފެއްދި ޖަމާއަތެކެވެ.
އދ.އިން އެ ފައުންޑޭޝަނަށް އެއްބާރުލުން ނުދެނީ ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި މިނިވަންކަމާ އެކު އެހީގެ މަސައްކަތް ކުރެވޭނެ ޕްލޭނެއް ނުގެންގުޅޭ ކަމަށް ބުނެ އެވެ.
ތުރުކް ވަނީ އިޒްރޭލުން ދިން ހަމަލާތަކުގެ މައްސަލަ، މިނިވަންކަމާ އެކު ތަހުގީގުކުރަން ގޮވާލައްވައިފަ އެވެ.
"އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް. އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބެލެވޭނެ،" ޓޫކް ވިދާޅުވި އެވެ.
"ފަލަސްތީނަށް ކުރިމަތިވެފައިވަނީ ނުރައްކާތެރި އިހުތިޔާރުތަކެއް: ބަނޑުހައިހޫނުކަމުގެ ސަބަބުން އެމީހުން މަރުވުން ނުވަތަ ފޯރުކޮށްދޭ މަދު ކާބޯތަކެތި ހޯދުމަށް ކުރާ މަސައްކަތުގައި އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގައި މަރުވުން."
އޭނާ ވިދާޅުވީ މި އަސްކަރީ ނިޒާމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، އދ. އިން ތަކުރާރުކޮށް އިންޒާރު ދެމުން އަންނަ ފަދައިން އެހީ ބެހުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފުވަމުންދާ ކަމަށެވެ. -- އޭއެފްޕީ
އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ
އދ.ގެ އިމާރާތަކަށް ހަމަލާދީ 19 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 10 ދުވަސް ތެރޭ 322 ކުއްޖަކު ޝަހީދު
ޣައްޒާއިން ކަރަންޓު ކަނޑާލުމުގެ ނަތީޖާ ގޯސްވާނެ: އދ
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ޣައްޒާގައި އެހީގެ ހުރިހާ މަސައްކަތެއް ހުއްޓިއްޖެ: އދ
"ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު"
އޮކްޓޫބަރު 7ގެ ހަމަލާގައި އދ.ގެ ނުވަ މީހަކު ހިމެނޭ