މިދިޔަ މެއި މަހުގެ 27 ވަަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި، އެހީ ހޯދަން ގޮސް ތިއްބާ ޝަހީދުކުރި މީހުންގެ އަދަދު 800 އާ ގާތްކުރާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
މިދިޔަ މެއި މަހުގެ 27 ވަަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި، އެހީ ހޯދަން ގޮސް ތިއްބާ ޝަހީދުކުރި މީހުންގެ އަދަދު 800 އާ ގާތްކުރާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
އދ. އިން ބުނީ މީގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައި ވަނީ އެމެރިކާ އާއި އިޒްރޭލުން ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ މަރުކަޒުތަކުގެ ކައިރީގައި ކަމަށެވެ.
ޖީއެޗްއެފް އަކީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަތާ ދެ މަސް ފަހުން އެ މަސައްކަތް އަލުން ފެށުމަށް ހަވާލުކުރި ޖަމާއަތެވެ.
އެ އޮޕަރޭޝަންތައް ފެށި ފަހުން މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް "ޖީއެޗްއެފް ސައިޓްތައް ކައިރީގައި 615 މީހުން މަރާލި" ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވި އެވެ.
ޖެނީވާގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އދ. އާއި އެހީގެ އެހެން ޖަމާއަތްތަކުން ހިންގި އެހީގެ މަރުކަޒުތަކަށް ދާން އޮންނަ މަގުތަކުގައި ވެސް އިތުރު އިތުރު 183 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
"މިއީ އެހީ ހޯދަން އުޅުމުގެ ތެރޭ މަރުވި ގާތްގަނޑަކަށް 800 މީހުން،" އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި އދ. އިން ފޯރުކޮށްދިނުމުގެ ފުޅާ ނެޓްވޯކް ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި ވާއިރު ޖީއެޗްއެފްގެ އޮޕަރޭޝަންތައް ހިންގާ ހިސާބުތަކުގައި ކޮންމެ ދުވަހަކުހެން އާންމުންނަށް ހަމަލާދޭ ކަމުގެ ރިޕޯޓްތައް ލިބެ އެވެ.
މިހާތަނަށް "69 މިލިއަނަށް ވުރެ ގިނަ ކެއުން" ބަހާފައިވާ ކަމަށް ބުރާސްފަތި ދުވަހު ޖީއެޗްއެފް އިން ވަނީ ބުނެފަ އެވެ. އަދި އެ މީހުންގެ މަރުކަޒުތަކުގެ ކައިރީގައި ބަޑީގެ ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުކުރި މީހުންގެ އަދަދު 67،000 އަށް ވުރެ ގިނަ އެވެ. -- އޭއެފްޕީ
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
އދ.ގެ ފަލަސްތީން ރެޕަޓުއާއަށް ދަތިކުރުމުގެ ފިޔަވަޅު
އެހީދޭ ތަންތަނުގައި ދޭ ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާ
އެހީ ބަލައި ދިޔަ މީހުންނަށް ހަމަލާދިން މައްސަލަ ބަލަނީ
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ