03 ޖެނުއަރީ 2024
އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ބޭނުމަށް މީހުން ވަގަށް ނަގައި ޖާސޫސްކުރަން ރޭވުމުގެ ތުހުމަތުގައި ތުރުކީން 34 މީހަކު ހައްޔަރުކޮށްފި އެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ބޭނުމަށް މީހުން ވަގަށް ނަގައި ޖާސޫސްކުރަން ރޭވުމުގެ ތުހުމަތުގައި ތުރުކީން 34 މީހަކު ހައްޔަރުކޮށްފި އެވެ.
މި މީހުން ހައްޔަރުކޮށްފައި މި ވަނީ ތުރުކީގައި އުޅޭ ހަމާސް ޖަމާއަތުގެ މީހުންނަށް ޓާގެޓްކޮށްގެން އިޒްރޭލުން އެއްވެސް ކަމެއް ކުރަން އުޅޭ ނަމަ ނަތީޖާ ރަނގަޅުނުވާނެ ކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވިތާ ހަފްތާތަކެއް ފަހުންނެވެ.
ހަމާސް އަކީ ޓެރަރިސްޓް ޖަމިއްޔާއެއްގެ ގޮތުގައި ތުރުކީއަކުން ނުބަލަ އެވެ. އަދި މިދިޔަ ދިހަ ވަރަކަށް އަހަރު އެ ޖަމާއަތުގެ ސިޔާސީ ލީޑަރުންނަށް ހިމާޔަތް ވެސް ދީފައިވެ އެވެ.
ތުރުކީގެ ސަލާމަތީ ހިދުމަތްތަކުގެ އޮފިޝަލަކު އޭއެފްޕީއަށް ބުނީ ހައްޔަރުކުރި 34 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ތުރުކީގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންނަށް ޖާސޫސްކޮށް ބައެއް މީހުން ވަގަށް ނެގުމުގެ މަސައްކަތަށް މޮސާޑުން ރެކްރޫޓްކުރި ބިދޭސީން ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ ބޭރުގެ އެއްވެސް ޖާސޫސީ އިދާރާއަކަށް، ހުއްދައެއް ނެތި ތުރުކީގެ ބިމުގައި ހަރަކާތްތެރި ވިޔަ ނުދޭން،" ސަލާމަތީ މަސްދަރު ވިދާޅުވި އެވެ.
އާންމުކުރި ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި މި މީހުން ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކުން ގޭގެޔަށް ދޮރު ވައްޓާލާފައި ވަންނަނާ ހަތިޔާރާ އެކުގަ އެވެ. އަދި ވަނުމަށް ފަހު އެންމެންގެ އަތުގައި ބިޑި އަޅުވަ އެވެ.
އިޒްރޭލުން ފަލަސްތީނަށް މިފަހަރު ހަމަލާތައް ދޭން ފެށުމާ އެކު އިޒްރޭލާއި ތުރުކީއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. -- އޭއެފްޕީ
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބަލައިގަނޭ:ތުރުކީ
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ތުރުކީން އިޒްރޭލާ ވިޔަފާރީގެ ގުޅުން ކަނޑާލައިފި
ޣައްޒާއަށް އެހީ ގެންދަން އުޅުނު ބޯޓުތަކަށް ނުފުރުނު
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް