Roadha Mihaaru

ތުރުކީން 30 ބިލިއަން ޑޮލަރުގެ ގޭހުގެ ރިޒާވެއް ހޯދައިފި

ގުދުރަތީ ގޭހުގެ އާ ރިޒާވްއެއް ބްލެކް ސީ އިން ފެނިއްޖެ ކަމަށާއި ތިން އަހަރަށް ވުރެ ގިނަ ދުވަހު މުޅި ގައުމަށް ބޭނުންކުރެވޭ ވަރަށް އެ ރިޒާވުގައި ހަކަތަ އެބަހުރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ތުރުކީން 30 ބިލިއަން ޑޮލަރުގެ ގޭހުގެ ރިޒާވެއް

ގުދުރަތީ ގޭހުގެ އާ ރިޒާވްއެއް ބްލެކް ސީ އިން ފެނިއްޖެ ކަމަށާއި ތިން އަހަރަށް ވުރެ ގިނަ ދުވަހު މުޅި ގައުމަށް ބޭނުންކުރެވޭ ވަރަށް އެ ރިޒާވުގައި ހަކަތަ އެބަހުރި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

"75 ބިލިއަން ކިއުބިކް މީޓަރު (2،650 ކިއުބިކް ފޫޓް) ގެ ގުދުރަތީ ގޭސް އަލަށް ފެނިއްޖެ. މިއީ ގާތްގަނޑަކަށް 3.5 އަހަރު ވަންދެން [ތުރުކީގެ] ގެތަަކަށް ބޭނުންވާނެހާ ގޭސް،" އޭނާ ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މި ރިޒާވްގެ އަގު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

"މި މަހުގެ 27 ވަނަ ދުވަހު އަޅުގަނޑުމެންގެ ހަތް ވަނަ ޖީލުގެ ޑްރިލިން ޝިޕް އަބްދުލްހާމިދު ހާން އިން ފެށި ގޮކްޓެޕް-3 ވަޅުގެ މަސައްކަތް އިއްޔެ ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

ތުރުކީއަކީ ހަކަތައިގެ ބޭނުންތައް ފުއްދުމަށް އަދިވެސް އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ނަމަވެސް އުރުދުޣާން ވަނީ ހަކަތައިގެ މިނިވަންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

ހަކަތައިގެ މިނިވަންކަން ތުރުކީއަށް ހޯދުމުގެ އަމާޒަށް ވާސިލްވަންދެން ހުއްޓުމެއް ނެތި، އަދި ފާޑުކިޔުންތަކަށް ނުވަތަ ހުރަސްތަކަށް ބެލުމެއް ނެތި މި މަސައްކަތުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.