08 ޖެނުއަރީ 2025
ސީރިއާގައި މިހާރު ވެރިކަން ކުރާ ޖަމާއަތުން އެ ގައުމުގައި ދެން ޓެރަރިސްޓް ޖަމާއަތްތަކަށް ޖާގައެއް ނުދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ސީރިއާގައި މިހާރު ވެރިކަން ކުރާ ޖަމާއަތުން އެ ގައުމުގައި ދެން ޓެރަރިސްޓް ޖަމާއަތްތަކަށް ޖާގައެއް ނުދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.
އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ތުރުކީއާ ދެކޮޅު ކުރުދީ ހަނގުރާމަވެރިންނަށް އިންޒާރެއްގެ ގޮތުގަ އެވެ.
ސީރިއާގައި އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރެއްވި ބައްޝާރުލް އަސަދުގެ ސަރުކާރު މިދިޔަ މަހު ވެއްޓުމާ އެކު މިހާރު ވަނީ ތުރުކީއާ ވަކިވެގަތުމަށް ހަނގުރާމަކުރާ ކުރުދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އުރުދުޣާނަށް މަގު ފަހިވެފަ އެވެ.
އުރުދުޣާން މިހެން ވިދާޅުވީ އިރާގުގެ ކުރުދީ ސަރަހައްދުގެ ބޮޑުވަޒީރު މަސްރޫރު ބަރްޒާނީއާ އެކު އަންކާރާގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް ތުރުކީގެ ލީޑަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އުރުދުޣާން ބަރްޒާނީއަށް ވިދާޅުވީ އަވަށްޓެރި ސީރިއާގައި ބައްޝާރު ވެރިކަމުން ދުރުކުރުމުން އެ ސަރަހައްދުގައި އާ ހަމަނުޖެހުންތަކެއް އުފެދުނަ ނުދޭން ތުރުކީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރުދުޣާން ވިދާޅުވީ އާ ސީރިއާގައި "ޓެރަރިސްޓް ޖަމާއަތްތަކަށް ނުވަތަ ގުޅިފައިވާ ފަރާތްތަކަކަށް ޖާގައެއް ނޯންނާނެ" ކަމަށެވެ.
ސީރިއާގައި ހަރަކާތްތެރިވާ ކުރުދީންގެ އެންމެ އިސް އެއް ބާރު ކަމަށްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އަކީ ތުރުކީގައި މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށް ތުރުކީން ތުހުމަތު ކުރެ އެވެ. ޕީކޭކޭ އަކީ ތުރުކީ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަތާ އެތައް ޒަމާނެއް ވެފައިވާ ޖަމާއަތެކެވެ. އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީ އާއި ހުޅަނގުގެ ގައުމުތަކުން އޮންނަނީ ކަނޑައަޅައިފަ އެވެ.
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ހަލަބުން ޓްވީޓް ކުރި ކުއްޖާއާ އުރުދުޣާން ބައްދަލުކޮށްފި
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ހަނގުރާމައިގައި ހާލުގައިޖެހުނު 21 ދިވެއްސަކު ގެނެސްފި
ތުރުކީގައި އިޒްރޭލަށް ޖާސޫސްކޮށްދޭ ބަޔަކު ހައްޔަރު
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން
ހަމާސް އާއި އިޒްރޭލު އެއް ތަރާދަކުން ނުކިރޭނެ
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން