17 ޖެނުއަރީ 2024
ރާއްޖެއިން ފުރައިގެން ދަނީ ބޭސް ފަރުވާއަށް ނުވަތަ ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އާއިލާގެ މީހަކަށް ނާންގާ ދަނީ އެކަން ހުއްޓުވާނެކަން އެނގޭތީ އެވެ. ޖިހާދުކޮށް، ޝަހީދެއްގެ ގޮތުގައި މަރުވާން ދިޔަޔަސް، ހަނގުރާމަވެރި ސަރަހައްދަށް ދެވި، އެ ތަނުގައި ދެން ޖެހޭ ހާލު ފެނުމުން އެނބުރި ގައުމަށް އަންނަން ބޭނުންވެ އެވެ. ނަމަވެސް އޭރު އޮންނަނީ މާ ލަސް ވެފަ އެވެ.
ރާއްޖެއިން ފުރައިގެން ދަނީ ބޭސް ފަރުވާއަށް ނުވަތަ ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އާއިލާގެ މީހަކަށް ނާންގާ ދަނީ އެކަން ހުއްޓުވާނެކަން އެނގޭތީ އެވެ. ޖިހާދުކޮށް، ޝަހީދެއްގެ ގޮތުގައި މަރުވާން ދިޔަޔަސް، ހަނގުރާމަވެރި ސަރަހައްދަށް ދެވި، އެ ތަނުގައި ދެން ޖެހޭ ހާލު ފެނުމުން އެނބުރި ގައުމަށް އަންނަން ބޭނުންވެ އެވެ. ނަމަވެސް އޭރު އޮންނަނީ މާ ލަސް ވެފަ އެވެ.
"ގިނަ މީހުންނަކީ އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަ ކުރެވުނު ގޮތުގައި އާއިލާ ކޮންމެވެސް ސީނިއާ މެމްބަރެއްގެ އިންފްލުއެންސާއެކު ގޮސްގެން އުޅޭ މީހުން. މާނައަކީ ފިރިމީހާ، އޭނަގެ އަނބިމީހާ ދަރިންނާއެކު ބައެއް ހާލަތްތަކުގައި އޮޅުވާލައިގެން މި ގެންދަނީ. އެ މީހުންނަކަށް ނޭނގޭ މި ދެވެނީ ކޮން ތަނަކަށް ކަމެއް ވެސް."
ރާއްޖެއިން ފުރައިގެން ސީރިއާގެ ހަނގުރާމައަށްދިޔަ ދިވެހިންތަކެއް ރާއްޖެ ގެނައުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަފަހަރަށް ހަނގުރާމައަށް ގެންދަނީ އޮޅުވާލައިގެންނެވެ. އަދި ދިއުމަށްފަހު އެ ތަނުގައި ހިނގާ ކަންކަން ފެނި، ހާލުގައި ޖެހުމުން އަންނަން ބޭނުންވާ މީހުން ތިބި ކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން އިއްޔެ ރާއްޖެއަށް ގެނައި ފަސް އާއިލާ އަކީ ވެސް އޮޅުވާލައިގެން ސީރިޔާ އަށް ގެންދިޔަ މީހުން ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި ފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްފައި، ދެން ފިލައިގެން ދިޔަ މީހުން. އެ ތަނަށް [ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް] މި ދެވުނީކީ ސީދާ އެ ތަނަށް ދާން ގަސްތަކު ނޫން. އެހެންވީމާ، ހާއްސަކޮށް ތުއްތު ކުދިންނާއި އަންހެން ބޭފުޅުން، މި ފަހަރު ގެނެވުނު ބޭފުޅުން އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ވިކްޓިމްސްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އަނެއްބައި ފަހަރަށް މިއީ އާއިލާގައި ސީނިއާކޮށް [ބޮޑަކަށް] ހުންނަ މީހާ ނުވަތަ އަނބި މީހާ އާއި ފިރިމީހާއާ ދެ މީހުން ވާހަކަ ދައްކައިގެން ގޮސްފައި ހުރި ހާލަތްތައް ވެސް އެބަ ހުރި."
ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު
ނަމަވެސް މިހާތަނަށް ބެލިބެލުމުން ފާހަގަ ކުރެވިފައި ވަނީ އާއިލާގެ ފިރިހެނުން އިސްވެ ތިބެ، އޮޅުވާލައިގެން ހަނގުރާމައަށް ގެންދާ ކަން ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ. ދިއުމަށްފަހު ރާއްޖެ އަންނަ ބޭނުންވެގެން ސަރުކާރަށް އަންގާ ކަމަށާއި ނަމަވެސް އަނބުރާ ރާއްޖެ ގެނައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުންނަކީ [މިއަދު ގެނައި ފަސް އާއިލާ އަކީ] 2022 ވަނަ އަހަރު ސީރިއާ އަދި ތުރުކީ ބޯޑަރު ސަރަހައްދުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހި، ރާއްޖެ އަންނަން ބޭނުން ކަމަށް ސަރުކާރަށް އަންގާފައިވާ މީހުން." ސީރިއާއިން ގެނައި މީހުން ގެނައުމަށް ވެސް ދޮޅު އަހަރު ނެގިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ހަނގުރާމަވެރި ސަރަހައްދުތަކަށް ދާން ބޭނުންވާ މީހުން މިހާރު ވެސް ރާއްޖޭގައި އެބަތިބި ކަމަށާއި ނަމަވެސް ދިއުމުގެ ކުރިން, އެތަނަށް މިހާރު ގޮސްފައިވާ މީހުންނަށް ދިމާވެފައިވާ ހާލާ މެދު ވިސްނާލަން އިހުސާން އިލްތިމާސް ކުރެއްވި އެވެ.
"ދިވެހިން ވިސްނަން ޖެހޭ ހަގީގަތަކީ މިފަދަ އާއިލާތަކުން ގޮސް އެފަދަ ތަންތަނުގައި ޖެހޭ ހާލު. ފިރިހެންވެރިން ބައެއް ފަހަރު ނިޔާވެ, އޭނާއާ އެކުގައި ދާ އަނބިދަރިންނަށް ޖެހޭ ހާލު. އެތަނަށް އުފަންވާ ދަރިންނަށް ޖެހޭ ހާލު. އެތަނަށް ގޮސް ހިނގާ ބިނގާވެ އުޅޭ ކުދިންނަށް ޖެހޭ ހާލު،" މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިވަގުތު ރާއްޖޭގެ 100އަށްވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ބުނެ އެވެ.
އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން މީހުން ރާއްޖެއަށް އަންނަން އެދިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ހަނގުރާމައަށް ދިއުމުގެ ހިޔާލު ގެންގުޅޭ މީހުން އާއިލާގައި ތިބި ނަމަ އެކަން ފުލުހުންނަށް ހިއްސާކޮށްދިނުމަށް މިނިސްޓަރު ވަނީ އެދިފަ އެވެ. އޭރުން ރާއްޖެއިން ފުރުމުގެ ކުރިން އެ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ހަނގުރާމައިގައި ބައިވެރިވާން ގެންގުޅޭ ހިޔާލުން ދުރުވާނެ ކަމަށް އިހްސާން ފާހަގަ ކުރެއްވި އެވެ.
ހަނގުރާމައިގައި ހާލުގައިޖެހުނު 21 ދިވެއްސަކު ގެނެސްފި
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް
ސީރިއާއިން ގެނައި މީހުން ރިހެބިލިޓޭޓް ކުރެވޭނެ:އިހުސާން
ސީރިއާއިން ދިވެހިން ގެންނަން 1.8 މިލިއަން ހަރަދުކުރި
ސީރިއާ-ތުރުކީ: ދިވެހިންގެ ފަރާތުން 9 މިލިއަން ރުފިޔާ
ސީރިޔާ-ތުރުކީއަށް ރާއްޖެއިން އެއް މިލިއަން މަސް ދަޅު
ހަނގުރާމައަށް ދިޔަ ދިވެއްސަކު ތުރުކީން އަތުލައިގެންފި
ސީރިއާއިން ގެނައި މީހުން ސެންޓަރުގައި އިތުރު ހަ މަސް
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ