05 މާޗް 2024
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ޖަމާކުރި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގުނު މައްސަލަ ބަލައިދިނުމަށް އެދި ހޯމް މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފި އެވެ.
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ކުރީގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ޖަމާކުރި 3.6 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގުނު މައްސަލަ ބަލައިދިނުމަށް އެދި ހޯމް މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފި އެވެ.
އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏާ އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ކުރީގެ ސަރުކާރާ އެކު އެއްބަސްވުމެއް ހަދައިގެން 61 ރަށެއްގައި ޕޮލިސް އިމާރާތް އަޅަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އެވެ.
"އޮގަސްޓް 16، 2019 ވަނަ ދުވަހު، 61 ޕޮލިސް ސްޓޭޝަން ރާއްޖޭގައި އެޅުމަށްޓަކައި 41.18 މިލިއަން ޑޮލަރު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް [އިންދިރާ ޕްރޮޖެކްޓް އެންޑް ޑިވެލޮޕްމެންޓްސް] ކިޔާ ކުންފުންޏަކުން މި އޮންނަނީ އިންޓްރެސްޓް ފާޅުކޮށްފައި. އޭރުގެ ދިވެހި ސަރުކާރަށް،" އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގައި ހުރި ލިޔުންތަކާ ހަވާލާދެއްވައި، އިހުސާން ވިދާޅުވީ އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށެވެ.
އެކަމަކު، އެ ލޯނު ހަމަޖައްސައި ދެވެން ނެތް ކަމަށް އެގްޒިމް ބޭންކުން އަންގާފައިވާއިރު، ދިވެހި ސަރުކާރުން އެޑްވާންސް ފައިސާ މާ ކުރިން އެ ކުންފުންޏަށް ދައްކާފައިވާކަން ރެކޯޑުތަކުން ފެންނަން އޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެ އަށް ފަހު އޮކްޓޫބަރު 12، 2022 ގައި އެބައޮތް ރެކޯޑުތަކުން ފެންނަން މި ދަންނަވާ އިންދިރާ ޕްރޮޖެކްޓް، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނާ ޝިޕަކަށް ރާއްޖޭގައި ބަދަލު ކޮށްފައި، ރަޖިސްޓްރީ ކޮށްފައި ހުރި މައުލޫމާތު،" އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު މި އުޅެނީ އަދި އަދަށް ދާންދެން ވެސް އެ ކުންފުނި ހުރި ތަނެއް ވެސް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް ވެސް، އެ ކުންފުނީގެ ފަރާތުން މި ދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،"--- މިނިސްޓަރު
އޭރުގެ ސަރުކާރުން އެ ބަދަލު ގެނައުމަށް ފަހު، ދެން މުއާމާތް ކޮށްފައި ވަނީ އެ ބަދަލުކުރި ކުންފުންޏާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކުން ދައުލަތަށް ނުލިބޭ، އެއިރަކުއެއް ވެސް. ނުލިބި އޮއްވައި މާޗް 7، 2023 ގައި ސަރުކާރުން ދައްކައިފި މިދެންނެވި ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު. މި ކުންފުންޏަކީ ރާއްޖެ އަށް ބޭރުން ފައިސާ ގެނެސް ޕޮލިސް ސްޓޭޝަންތައް އަޅައިދޭ ނަމުގަ އައި ކުންފުންޏެއް. އެކަމަކު ކުންފުންޏަށް ފުރަތަމަ ފައިސާ މި ދައްކަނީ ސަރުކާރުން، 3.6 މިލިއަން ޑޮލަރު،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޕޮލިސް ސްޓޭޝަންތަކުގެ އިމާރާތާ ގުޅޭ އެއްވެސް މުއާމަލާތެއް އޭގެ ފަހުން ދިވެހި ސަރުކާރުން އެ ކުންފުންޏާ އެކު ކޮށްފައި ނުވާ ކަމަށާއި ފަހުގެ އެކިއެކި މުއާމަލާތްތަކުން ވެސް އެ ފައިސާ އަށް ވީނުވީއެއް ސާފު ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އޮގަސްޓް 13، 2023 ގައި، އެބައޮތް އަންގާފައި މިހާރު އިންޑިއާ އެގްޒިމް ބޭންކުން އެ ލޯނު ފައިސާ ނުދޭން ނިންމި ވާހަކަ. އެ ފައިސާ ނުލިބޭ ގޮތަށް އަންގާފައި އޮތް ވާހަކަ އެބައޮތް މި ސަރުކާރަށް އަންގާފައި. އެހެން ނަމަވެސް އޭރު ސަރުކާރުން މި އޮތީ 3.6 މިލިއަން ޑޮލަރު އެ ކުންފުޏަށް ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އިހުސާން ފާހަގަކުރެއްވި ގޮތުގައި، ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރުމުގެ މަސައްކަތަށް ލޯނު ނުދޭން ނިންމިކަން އިންޑިއާގެ އެގްޒިމް ބޭންކުން އޮގަސްޓް 13، 2023 ގައި ދިވެހި ސަރުކާރަށް އެންގި ނަމަވެސް އެ ބޭންކުގެ ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެކަން ވެސް އެންގި އެވެ.
ފިނޭންސް މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް އޮގަސްޓް 24، 2023 ގައި އެކަން އެންގި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. ނަމަވެސް، އިންޑިއާގެ ކުންފުންޏަށް އެޑްވާންސަށް ދެއްކި 3.6 މިލިއަން ޑޮލަރަކީ އެ ފަސް މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އިންޑިއާގެ ސަރުކާރުން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑު މި އުޅެނީ އަދި އަދަށް ދާންދެން ވެސް އެ ކުންފުނި ހުރި ތަނެއް ވެސް، އެ ކުންފުންޏާ ވާހަކަ ދައްކަން ޖެހޭ މީހެއް ވެސް، އެ ކުންފުނީގެ ފަރާތުން މި ދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އެޑްވާންސްގެ ގޮތުގައި ޖަމާކުރި 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލަ ބަލައިދޭން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ފާހަގާ ކުރައްވައި މިނިސްޓަރު ވިދާޅުވީ ޖޮއިންޓް ކުންފުނި ރޫޅިފައިވާކަން މި އަހަރުގެ ޖެނުއަރީ 24 ގައި ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި ވެސް ދިވެހި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
އެހެންވެ، އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ދިވެހި ސަރުކާރުން ހުށަހެޅި މައްސަލަ ވަނީ ކާމިޔާބުކޮށްފަ އެވެ.
ވެންޓިލޭޓަރުތައް ގެނެސްދިނުމަށް ފެބްރުއަރީ 2، 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައި ވާތީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ރާއްޖެ އިން އާބިޓްރޭޝަންގައި އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ ދެ މިލިއަން ޑޮލަރެވެ.
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު އިންޑިއާ އަށް
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
ޑްރަގް ޓްރެފިކް ކުރި 314 މީހަކު ދޫކޮށްލި: އިހުސާން
ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އިބޫގެ ތުހުމަތު ބަލަނީ
އިންޑިއާ، ނޭޕާލުން ވެސް ލޭބަރުން ގެނެވޭ ގޮތް ހަދައިފި
އިންޑިއާއައުޓުން ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމައިފި
"އިންޑިއާ އެހީވާއިރު ވެރިކަމުގައި ތިބި ބައެއް ނުބަލާ"
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން