އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅައިފި އެވެ.
21 އެޕްރީލް 2022
އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ކަނޑައަޅައިފި އެވެ.
އެ މަޖިލީހުގެ ބައްދަލުވުމުގައި އެ ގޮތަށް ކަނޑައެޅުމާ ގުޅިގެން، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނެރުއްވައިފަ އެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.
ގަރާރުގައި ރައީސް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމް ހިންގާ އިމާރާތުގައި ނެގި ބެނާ ނަގައިގެން ފުލުހުން މިއަދު ދަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"... އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ގަރާރު އެކަށައެެޅީމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރުގައި ވެ އެވެ.
އެ ގަރާރު ނެރުއްވިއިރު، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ ދިއުމަށް ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ފައްޓަވައިފަ އެވެ. މާލެ އާއި އެކި ރަށްރަށުގައި އިންޑިއާއާ ދެކޮޅު މުޒާހަރާތަކާއި އެއްވުންތައް މިހާތަނަށް އިދިކޮޅުން ވަނީ ބާއްވައިފަ އެވެ.
ޔާމީންގެ ގެކޮޅުގައި އިއްޔެ ވަނީ "އިންޑިއާ އައުޓް" ބެނާއެއް ވެސް ނަގައިފަ އެވެ. ނަމަވެސް ކޯޓް އަމުރެއްގެ ދަށުން އެ ބެނާ ނެގުމުގެ ކަންކަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް
"ގޮތް ނޭނގޭ" މި މީހާ އަށް އެތައް ތުހުމަތެއް!
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
އިންޑިއާއާ ދެކޮޅު ކެމްޕޭންގައި ޑްރަގު ބޮޑުން އުޅޭ:ސީޕީ
"އިންޑިއާ އައުޓް" ޓީޝާޓު ނުލާކަށް ނާންގަން: ފުލުހުން
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
އިންޑިއާ އައުޓް ބެނާ ދެމުން ޕީޕީއެމުން ކުށްވެރިކޮށްފި
އިންޑިއާއަށް ގޮސްފިނަމަ ދެން ދާންޖެހޭނީ ޖަލަށް: ސަމަދު
އަދުރޭ ވިދާޅުވީ އެއީ ހަރާމް ހުކުމެއް ކަމަށް
އިިދިކޮޅުގެ އެންމެ ބޮޑު އަމާޒަކީ އިންޑިއާ ބަލިކުރުން