31 ޖެނުއަރީ 2024
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ހިންގި ކަމެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތުހުމަތު ކުރައްވައި ކުރެއްވި ޓުވީޓާ ގުޅިގެން ތަހުގީގުގައި އެމަނިކުފާނާ ސުވާލުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން މިއަދު ދިން ހަމަލާއަކީ ސިޔާސީ މަގްސަދެއްގައި ހިންގި ކަމެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ތުހުމަތު ކުރައްވައި ކުރެއްވި ޓުވީޓާ ގުޅިގެން ތަހުގީގުގައި އެމަނިކުފާނާ ސުވާލުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ނޫރު މިސްކިތް ކައިރިން މަރުތޭލަކުން ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ޕީޖީ އޮފީހުން ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނުމުން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުތޭލަކުން އޭނާގެ ވައަތުގެ އުޅަނބޮށިން ތިރިއަށް ދިން ހަމަލާގައި ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.
އެ ހަމަލާ ކުށްވެރިކުރައްވައި ކުރީގެ ރައީސް އިބޫ "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ސިޔާސީ މަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ހަމަނުޖެހުންތައް ހިންގަން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އެއާއެކު، އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ސަރުކާރަށް ގޮވާލެއްވި އެވެ.
@PoliceMv is currently investigating this case. Former President declaring that the attack was “politically motivated” suggests that former President has credible information about motive and people behind this attack. I would like to request former President to please share the… https://t.co/PKImtfowGY
— Minister of Homeland Security & Technology (@min_mohst) January 31, 2024
އިބޫގެ ޕޯސްޓަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، އެއީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއްކަމަށް ކުރީގެ ރައީސް އިއުލާންކުރެއްވުމުން އެ ހަމަލާގެ މަގުސަދާއި އެކަން ކުރި މީހުންނާ ގުޅޭ އިތުބާރު ހުރި މައުލޫމާތެއް ލިބިވަޑައިގެންނެވިކަން ދޭހަވާ ކަމަށެވެ. އެހެންވެ، އެ މައުލޫމާތުތައް ވަގުތުން ފުލުހުންނާ ހިއްސާކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"މި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސްގެ އޮފީހާ ކޯޑިނޭޓްކުރުމަށް އިންވެސްޓިގޭޓަރުންނަށް އަޅުގަނޑު ދެންނެވިން. މި މައްސަލައަކީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ތަހުގީގު. އެކަން ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" އިހުސާން ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޝަމީމަށް ދިން ހަމަލާ އަދި އެ ނޫން އެހެން ހަމަލާތައް ދޭ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލްކަން ފުލުހުންގެ މުއައްސަސާގައި މާ ރަނގަޅަށް ވެސް ހުންނާނެ ކަމަށެވެ. އެކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޝަމީމަށް ހަމަލާދީފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ދިޔައީ މިއަދު ފަތިހު ޝަމީމް ދުވަން ގެއިން ނުކުމެވަޑައިގަތީއްސުރެ ފަރާލަމުންނެވެ.
ކަސްރަތަށް ޝަމީމް މާލޭގެ މަގުމަތީ މިއަދު ފަތިހު ދުވަމުން ގެންދެވިއިރު، އޭނާގެ ފަހަތުން ހަމަލާދިން ދެ މީހުން ފަރާލާފައިވާ ކަން މިހާތަނަށް މި މައްސަލައިގެ ތަހުގީގަށް އެއްކުރި މައުލޫމާތުން ވަނީ އެނގިފަ އެވެ. ސައިކަލެއްގައި އެ ދެ މީހުން ތިބީ ހެލްމެޓް އަޅައިގެން ކަމަށް ވެސް "މިހާރު"އަށް އެނގިފައި ވެ އެވެ.
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ފުލުހުން ނަތީޖާ ނެރެން ޖެހޭ: އިހުސާން
ފުލުހުން ރިޝްވަތުން ސަލާމަތްވާން އިހުސާން ގޮވާލައްވައިފި
"ފުލުހުން މައުލޫމާތުދެނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން"
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
ކުށުގައި އުޅޭ ކުދިން އިސްލާހުކުރަން ހާއްސަ ރަށެއް