24 މާޗް 2018
ޕެރިސް (މާޗް 24) - ފްރާންސްގެ ސުޕަމާކެޓެއްގައި ބަޔަކު ރަހީން ކުރި ހާދިސާގައި ރަހީނަކު ސަލާމަތް ކުރަން އަމިއްލަ ނަފްސް ނުރައްކަލުގެ ތެރެއަށް ދޫކޮށްލި ސިފައިންގެ އޮފިސަރަށް ލިބުނު ޒަޚަމްތަކާ ގުޅިގެން އޭނާ މިއަދު މަރުވެއްޖެ އެވެ.
ޕެރިސް (މާޗް 24) - ފްރާންސްގެ ސުޕަމާކެޓެއްގައި ބަޔަކު ރަހީން ކުރި ހާދިސާގައި ރަހީނަކު ސަލާމަތް ކުރަން އަމިއްލަ ނަފްސް ނުރައްކަލުގެ ތެރެއަށް ދޫކޮށްލި ސިފައިންގެ އޮފިސަރަށް ލިބުނު ޒަޚަމްތަކާ ގުޅިގެން އޭނާ މިއަދު މަރުވެއްޖެ އެވެ.
ލެފްޓިނެންޓް ކާނަލް އާނައުޑް ބެލްޓްރޭމް، 45، ވަނީ އާދަޔާޚިލާފު ހިތްވަރެއް ދައްކާފައި ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިޔާ ސުޕަމާކެޓެއްގައި ބަޔަކު ރަހީނު ކުރުމަށް ފަހު ދިން ހަމަލާތައް ހުއްޓުވުމުގެ މެދުވެރިއަކަށްވި ސިފައންގެ މީހާ އަށް ދަނީ ތައުރީފް އޮހެމުންނެވެ. ފްރާންސްގެ ދާޚިލީ ވަޒީރު ޖެރާޑް ކޮލަމްބް ވިދާޅުވީ ބެލްޓްރޭމް މަރުވެގެން އެ ދިޔައީ ގައުމަށްޓަކައި ކަމަށެވެ. އަދި އޭނާގެ ހިތްވަރާއި ގުރުބާނީ ފްރާންސުން ދުވަހަކު ވެސް ހަނދާން ނެތިގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.
ފްރާންސްގައި ހަމަލާދީފައި ވަނީ އައިއެސް އަށް ނިސްބަތްވާ 25 އަހަރުގެ ރިދުއާން ލަކްދިމް ކިޔާ މީހެކެވެ. ފްރާންސްގެ ރައީސް ސިފަކުރައްވާފައި ވަނީ އެއީ "އިސްލާމިކް ޓެރަރިޒަމްގެ" އަމަލެއްގެ ގޮތުގަ އެވެ.
ލަކްދިމް ޑިމާންޑްކޮށްފައި ވަނީ ޕެރިހުގައި ނޮވެމްބަރު 2015 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ސަލާހް އަބްދުއްސާލަމް ދޫކޮށްލުމަށެވެ. ޕެރިހުގައި ދިން ހަމަލާގައި ވަނީ 130 މީހުން މަރުވެފަ އެވެ. ހަމަލާގައި ލަކްދިމްއާ ބައިވެރިވި ކަމަށް ބެލެވޭ އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހަމަލާ ދިން ސުޕަމާކެޓް ހުންނަ ސަރަހައްދު ފުލުހުން ބަންދުކޮށްފައި. --ފޮޓޯ:ރޮއިޓާސް
ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ލަކްދިމް ވަނީ ކާރެއް ހައިޖެކްކުރުމަށް ފަހު އޭގައި އިން ޕަސިންޖަރަކު މަރާލައިފަ އެވެ. އަދި ޑްރައިވަރު ވަނީ ޒަޚަމްކޮށްލައިފަ އެވެ. މަރާލި މީހާ ފަހުން ވަނީ ގަސްތަކެއްގެ ތެރޭން ފެނިފަ އެވެ. ލަކްދިމް ފަހުން ވަނީ ޖޮގިން އަށް ނުކުމެ އުޅުނު ސިފައިންތަކަކަށް އަމާޒުކޮށް ބަޑި ޖަހައިފަ އެވެ. އެ ހަމަލާތަކުގައި އެކަކު ޒަޚަމްވި އެވެ.
އޭގެ ފަހުން ލަކްދިމް ވަނީ ދުއްވާފައި ގޮސް ކުޑަ ޓައުނެއް ކަމަށްވާ ޓްރެބާގެ ސުޕަ-ޔޫ މާކެޓަށް ވަދެފަ އެވެ. އަދި އޭނާ ވަނީ އެއީ އައިއެސްގެ މީހެއް ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. ސުޕަމާކެޓް ތެރޭން އޭނާ ވަނީ ދެ މީހުން މަރާލައިފަ އެވެ. އެއީ ކަސްޓަމަރަކާއި ސްޓޯރުގެ މަސައްކަތު މީހެކެވެ. އޭގެ ފަހުން ބައެއް މީހުން ވަނީ ރަހީނުކޮށްފަ އެވެ.
ފްރާންސްގެ ދާޚިލީ ވަޒީރު ވިދާޅުވީ ސިފައިންގެ އޮފިސަރު ވަނީ ބައެއް މީހުން ސުޕަމާކެޓުން ބޭރަށް ނެރެން މަސައްކަތްކޮށްފަ އެވެ. އެކަމަކު ލަކްދިމް ވަނީ އެއް އަންހެނަކު ހިފަހައްޓައިފަ އެވެ. އޮފިސަރު ބެލްޓްރޭމް ވަނީ އެ އަންހެން މީހާ ދޫކޮށްލާ މަތިން ލަކްދިމްގެ އަތްދަށުވުމަށް ވޮލަންޓިއާކޮށްފަ އެވެ. ލަކްދިމްގެ އަތް ދަށަށް ދިއުމުގެ ކުރިން ބެލްޓްރޭމް ވަނީ އޭނާގެ މޯބައިލް ފޯނުން ސިފައިންނަށް ގުޅުމަށް ފަހު އެ ފޯނު މޭޒެއްގެ މަތީގައި ބާއްވައިފަ އެވެ. އެއީ ބޭރުގައި ތިބި ސިފައިންނަށް ސުޕަމާކެޓުގެ އެތެރޭގެ ހާލަތު މޮނިޓަ ކުރަން ފަސޭހައަކަށެވެ. ބޭރުގައި ތިބި ސިފައިންނަށް ބަޑީގެ އަޑު އިވުމާ އެކު ޓެކްޓިކަލް ޓީމެއް ވަނީ ސުޕަމާކެޓް ތެރެއަށް ވަދެގެންފަ އެވެ. އަދި ލަކްދިމް ވަނީ ހަމަލާދީ މަރާލައިފަ އެވެ. އެ ހަމަލާގައި ބެލްޓްރޭމް ވެސް ވަރަށް ބޮޑަށް ޒަޚަމްވި އެވެ.
ފްރާންސްގައި ބަޔަކު ރަހީނު ކުރި ލަކްދިމް.--ފޮޓޯ:އޭއެފްޕީ
އޭނާ އުފަންވެފައި ވަނީ އެޕްރީލް 1992 ގައި މޮރޮކޯގަ އެވެ. އެކަމަކު އެއީ ފަހުން ފްރާންސްގެ ރައްވެއްސެކެވެ. އެއީ ފްރާންސްގެ ޖާސޫސީ ފަރާތްތަކުން ކުރިން ފާރަލީ މީހެކެވެ. އޭނާ ވަނީ ފްރާންސް ފުލުހުންގެ ވޮޗް ލިސްޓަށް ވެސް އަރައިފަ އެވެ. މަނާ ހަތިޔާރެއް ގެންގުޅެގެން 2011 ވަނަ އަހަރު ލަކްދިމް ވަނީ ކުށްވެރިވެފަ އެވެ. އަދި ޑްރަގް ބޭނުންކޮށްގެންނާއި ކޯޓު އަމުރަށް ތަބާ ނުވެގެން 2015 ވަނަ އަހަރު ވެސް ލަކްދިމް ވަނީ ކުށްވެރިވެފަ އެވެ.
ފްރާންސްގެ ފާދިރީ މަރާލީ ޓެގް އަޅުވާފައި ހުރި މީހެއް
ފްރާންސްގައި ހަމަލާދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން
ޕެރިހުގައި ހަމަލާ ދިން މީހާ އަށް 20 އަހަރުގެ ޖަލު ހުކުމެއް
ފްރާންސް ސިފައިންނަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި
ފްރާންސްގެ ދެކުނުގައި އައިއެސް އިން ބަޔަކު ރަހީނުކޮށްފި
ސްޕޭނަށް އިތުރު ހަމަލާ ދޭނެކަމަށް އައިއެސްގެ އިންޒާރެއް
އައިއެސްގެ ހަމަލާއެއް ފުރަތަމަ ފަހަރަށް އިޒްރޭލަށް؟
ތެހެރާނުގައި ހަމަލާ ދިނީ އައިއެސްއާ ގުޅިފައިވާ ބައެއް
ޑޮކްޓަރުންގެ ހެދުމުގައި އައިއެސްއިން ދިން ހަމަލާގައި 30 މަރު
ތުރުކީގެ ނައިޓްކްލަބަށް ހަމަލާ ދިނީ އައިއެސް އިން