Roadha Mihaaru
ފްރާންސްގައި ހަމަލާދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން

ފްރާންސްގައި ހަމަލާ ދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން

30 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޯބަރު 30) - ފްރާންސްގެ ފައްޅިއެއްގައި ވަޅި ޖަހައި ދެ އަންހެނުންނާއި ފިރިހެނަކު މަރާލި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދަތުރުކޮށްފައި ވަނީ ޓިއުނީޝިއާ އިން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އޮކްޓޯބަރު 30) - ފްރާންސްގެ ފައްޅިއެއްގައި ވަޅި ޖަހައި ދެ އަންހެނުންނާއި ފިރިހެނަކު މަރާލި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދަތުރުކޮށްފައި ވަނީ ޓިއުނީޝިއާ އިން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ 21 އަހަރުގެ ޒުވާނާގެ އަތުގައި އިޓަލީގެ ރެޑް ކްރޮސްގެ ޑޮކިއުމެންޓެއް އޮތް ކަމަށްވެ އެވެ. އޭނާ އަށް އެ ލިޔުން ދޫކޮށްފައި ވަނީ ރެފިއުޖީ ބޯޓެއްގައި އިޓަލީގެ ލަމްޕީޑުސާ އަށް ދަތުރުކުރި ފަހުންނެވެ. ނީސްގައި ހިންގި ވަޅި ޖެހުމުގެ ހާދިސާ އަށް ފަހު، ފުލުހުން ބަޑިޖެހުމުގެ ސަބަބުން އެ މީހާގެ ހާލު ސީރިއަސް އެވެ.

ރައީސް އެމެނުއަލް މެކްރޮން ވިދާޅުވެފައި ވަނީ ފައްޅީގައި ދީފައި ވަނީ "އިސްލާމިކް ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ވަޅީގެ ހަމަލާގެ ކުރިން، މި މަހު ކުރީކޮޅު ވެސް ފްރާންސްގައި ވަނީ ޓީޗަރަކަށް ވަޅިން ހަމަލާދީ މަރާލައިފަ އެވެ. އެ މީހާ މަރާލީ ސްކޫލް ދަރިވަރުންތަކަށް ރަސޫލާގެ ކާޓޫން ދައްކާފައިވާ ކަމަށް ބުނެ އެވެ. އެ ހާދިސާ އަށް ފަހު ރައީސް މެކްރޮން ވަނީ ކާޓޫންތަކުގެ ދިފާއުގައި ނުކުންނަވައިފަ އެވެ. މެކްރޮން ވިދާޅުވެފައި ވަނީ އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

ހަމަލާ ދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން ކަމަށް އޮފިޝަލުން ބުނޭ. --ފޮޓޯ:އީޕީއޭ

ހަމަލާ ދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން ކަމަށް އޮފިޝަލުން ބުނޭ. --ފޮޓޯ:އީޕީއޭ

ފްރާންސްގައި ދިން ހަމަލާ މިހާރު ވަނީ އެންޓި-ޓެރާ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފަ އެވެ. ފްރާންސްގެ ގައުމީ ސަލާމަތީ ލެވެލް މިހާރު ވަނީ އެންމެ މައްޗަށް ޖައްސައިފަ އެވެ. ސްކޫލްތަކާއި ފައްޅިތައް ބެލެހެއްޓުމަށް ވަނީ އިތުރު ސިފައިން ނެރެފަ އެވެ.

ހަމަލާ ދިން ނީސް އަށް ވަޑައިގެން މެކްރޮން ވިދާޅުވީ ފްރާންސް އިން "އެއްވެސް ކަމަކަށް ދޫނުދޭނެ" ކަމަށެވެ.

ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ފްރާންސްގެ ކޮންސިއުލޭޓުގެ ގާޑަކަށް ވެސް ބުރާސްފަތި ދުވަހު ވަނީ ހަމަލާދީފަ އެވެ. ގާޑަށް ހޮސްޕިޓަލުގައި ފަރުވާ ދޭއިރު ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.