Roadha Mihaaru
ވަޅީގެ ހަމަލާއެއްގައި ޖަޕާނުން 19 މީހުން މަރާލައިފި

ވަޅީގެ ހަމަލާއެއްގައި ޖަޕާނުން 19 މީހުން މަރާލައިފި

26 ޖުލައި 2016

ޓޯކިޔޯ (ޖުލައި 26) - ޖަޕާނުގައި ނުކުޅެދޭ މީހުން ތިބޭ މަރުކަޒެއްގައި މީހަކު ވަޅިން ދިން ހަމަލާއެއްގައި 19 މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓޯކިޔޯ (ޖުލައި 26) - ޖަޕާނުގައި ނުކުޅެދޭ މީހުން ތިބޭ މަރުކަޒެއްގައި މީހަކު ވަޅިން ދިން ހަމަލާއެއްގައި 19 މީހުން މަރާލައިފި އެވެ.

މި ބާވަތުގެ ހަމަލާތައް ދިނުމަކީ ޖަޕާނުގައި ވަރަށް ނުވާ ކަމެކެވެ. އެކަމަކު ވެރިރަށް ޓޯކިޔޯގެ ހުޅަނގުން އޮންނަ ސަގަމިހަރާގައި ދިން ހަމަލާއަކީ ޒަމާންތަކަކަށް ފަހު ޖަޕާނުގައި ދިން އެންމެ ނުރައްކާ އެއް ހަމަލާ އެވެ

ފުލުހުން ވަނީ ކައިރީގައިވާ ސްޓޭޝަނަކުން ހަމަލާ ދިން މީހާ ހައްޔަރުކޮށްފަ އެވެ. އޭނާ ފަހުން ވަނީ ވަޅިން ހަމަލާ ދިން ކަމަށް އެއްބަސްވެފަ އެވެ. ހަމަލާ ދިން ސަބަބެއް ކަމަށް އޭނާ ބުނަނީ ކުޅެދޭ މީހުން ނައްތާލުމަށް އޭނާ ބޭނުންވާތީ ކަމަށެވެ. ޖަޕާނުގެ މީޑިއާތަކުން ބުނަނީ އެއީ 26 އަހަރުގެ މީހެއް ކަމަށެވެ

ފުލުހުން ބުނީ އެ މީހާ ވަނީ ޖަޕާނުގެ ސިޔާސީ ފަރާތްތަކަށް ފެބްރުއަރީ މަހު ސިޓީއެއް ލިޔެފައި ކަމަށެވެ. އަދި އެ ސިޓީގައި އޭނާ ވަނީ ވީހާ ވެސް ގިނަ ބަޔަކު މަރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި މައްސަލާގައި އޭނާ ވަނީ ދެ ހަފުތާ އަށް ބަންދުކޮށްފަ އެވެ.

ހަމަލާ ދިން މަރުކަޒުގެ ތެރޭގައި ފުލުހުންގެ ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:ބީބީސީ

ހަމަލާ ދިން މަރުކަޒުގެ ތެރޭގައި ފުލުހުންގެ ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:ބީބީސީ

ނުކުޅެދޭ މީހުން ތިބޭ ސުކުއި ޔަމުރީ މަރުކަޒުގައި މީހަކު ވަޅިއެއް ހިފައިގެން އުޅޭ ކަމަށް އެ ތަނުގެ މުވައްޒަފުން ފުލުހުންނަށް އެންގީ ރޭ ދަންވަރު 2:30 ގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހާ މަރުކަޒުގެ ތެރެއަށް ވަނީ ކުޑަދޮރެއް ތަޅާލައިގެންނެވެ. އަދި އޭގެ ފަހުން ފަހަރަކު މީހެއްގެ ގަޔަށް މަޅި ޖަހަމުން ދިޔަ އެވެ. ކިޔޯޑޯ ނިއުސް އެޖެންސީން ބުނި ގޮތުގައި ވަޅީގެ ހަމަލާގައި މަރުވި މީހުންގެ އުމުރު އުޅެނީ 19-70 އާ ދެމެދު އެވެ.

ހަމަލާ ދިނުމަށް ފަހު އެ މީހާ ވަނީ ސުކުއި ޕޮލިސް ސްޓޭޝަނަށް ގޮހެވެ. އޭގެ ފަހުން އޭނާ ވަނީ ވަޅިން ހަމަލާ ދީ މީހުން މެރި ކަމަށް އެއްބަސްވެފަ އެވެ.

ހަމަލާ ދިން މަރުކަޒުގައި 160 ވަރަކަށް މީހުން ތިބި ކަމަށްވެ އެވެ. އަދި ހަމަލާ ދިން އިރު ޑިއުޓީގައި އަށް މީހުން ތިއްބެވެ. މިއީ ޓެރަރިޒަމާ ގުޅުން އޮތް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ބުންޏެވެ.

ޖަޕާނުގައި އެކި ބާވަތުގެ ހަމަލާ ދީ މީހުން މެރުމަކީ ވަރަށް ނުހިނގާ ކަމެކެވެ. ޓޯކިޔޯގެ އަކިހަބާރާ އަވަށުގައި 2008 ވަނަ އަހަރު މީހަކު ވަޅިން ދިން ހަމަލާގައި ވަނީ ހަތް މީހުން މަރުވެފަ އެވެ. އޭގެ ކުރިން 2001 ވަނަ އަހަރު ވަނީ އޮސާކާގެ ޕްރައިމަރީ ސްކޫލެއްގައި ބޯހަމަނުޖެހޭ މީހަކު ވަޅިން ހަމަލާދީ އަށް ކުއްޖަކު މަރާލައިފަ އެވެ.