23 އެޕްރީލް 2018
ބްރެސެލްސް (އެޕްރީލް 23) - ޕެރިހުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ސަލާހު އަބްދުއްސަލާމަށް 20 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ބްރެސެލްސް (އެޕްރީލް 23) - ޕެރިހުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ސަލާހު އަބްދުއްސަލާމަށް 20 އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ބެލްޖިއަމްގެ ވެރިރަށުގެ ކޯޓެއްގައި މިއަދު އިއްވި ޝަރީއަތުގައި އަބްދުއްސަލާމުގެ ބައިވެރިޔާ ސޯފިއަން އަޔާރީ އަށް ވެސް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހަށް ދެ މީހުންގެ ތެރޭން އެކަކު ވެސް ހާޒިރުވެފައެއް ނުވެ އެވެ.
ނޮވެމްބަރު 13، 2015 ގައި ޕެރިހުގެ ބަޓަކްލޭން ކޮންސެޓް ހޯލުގައި ދިން ބަޑީގެ ހަމަލާގައި 130 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ. އޭގެ ފަހުން އަބްދުއްސަލާމު ހޯދަން ކުރި މަސައްކަތުގައި ފުލުހުންނާ ދެކޮޅަށް ހަމަލާތައް ބަދަލުކުރި ނަމަވެސް އަބްދުއްސަލާމު ވަނީ ފިލައިފަ އެވެ. ފިލައިގެން އުޅެނިކޮށް އޭނާ އަތުލައިގަތީ މާޗް 15، 2016 ގަ އެވެ.
އަބްދުއްސަލާމް ބުނެފައި ވަނީ އޭނާ ފުރަތަމަ މަސައްކަތް ކުރީ ސްޓޭޑް ޑި ފްރާންސްގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން ކަމަށެވެ. ނަމަވެސް ފަހުން ޚިޔާލު ބަދަލުވީ ކަމަށް ބުންޏެވެ.
ކުރުދީންނަށް ދިން ހަމަލާއަށްފަހު ޕެރިހުގައި ހަމަނުޖެހުން
އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފި
އައިފުލް ޓަވަރު އިތުރު ހަ މީޓަރަށް އުސްކޮށްލައިފި
ފުރަތަމަ އެސްއެމްއެސް އަށް 149,729 ޑޮލަރު
ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީ އަކީ ތެލްއަވީވް
އުސޫލްތަކާ ޚިލާފުވުމުން ރެސްޓޯރެންޓުގެ މެނޭޖަރު ޖޫރިމަނާ
ފްރާންސަށް ތިން ވަނަ ރާޅެއް: ޕެރިސް ލޮކްޑައުނަށް
މެރަޑޯނާ ދުއްވި ކާރެއް ނީލަންކިޔަނީ
ބްރޭކްޑާންސިން އޮލިމްޕިކްސްގެ ރަސްމީ ކުޅިވަރަކަށް
ފްރާންސްގައި ހަމަލާދިން މީހާ ދަތުރުކުރީ ޓިއުނީޝިއާ އިން