Roadha Mihaaru
އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފި

އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފި

06 ޖުލައި 2022

ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައި، މަރާމާތުކުރަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައި، މަރާމާތުކުރަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެހާ ބޮޑު މަރާމަތެއް ކުރަން ޖެހިފައި ވަނިކޮށް، އަންނަ އަހަރު ޕެރިސްގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން، 60 މިލިއަން ޔޫރޯ ހަރަދުކޮށްގެން އެ ދަބަރުތަކުގެ މަތިން ޔޫރޯ ޕެއިންޓް ލާން ވެސް މިހާރު ފްރާންސްގެ ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.

އެ ޓަވަރުގެ 30 ޕަސެންޓް ކުލަ ކަހައި، ދެ ކޯޓުގެ ކުލަ އަލުން ލާން ކޮވިޑަށް ފަހު ނިންމި އެވެ. އެކަމަކު، އަދިވެސް އެ މަސައްކަތް ނުފެށި ލަސްވެފައި ވާތީ، ދެން ކުލަ ލެވޭނީ އެންމެ ފަސް ޕަސެންޓްގެ ސަރަހައްދެއްގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

ލޯބިވެރިންގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރު އައިފުލް ޓަވަރަކީ 19 ވަނަ ގަރުނުގެ ފަހުކޮޅު އިމާރާތްކުރި، އުސްމިނުގައި 1،063 ފޫޓް ހުންނަ ޓަވަރެކެވެ. ކޮންމެ އަހަރަކު އެތަން ބަލާލަން ހަ މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެ އެވެ.

އެ ޓަވަރު ބެލެހެއްޓުމުގައި އިސްކޮށް އުޅޭ މީހަކާ ހަވާލާދީ ރިޕޯޓްތައް ބުނީ އެ ޓަވަރުގެ ހާލަތު ހުރީ އެތަން އިމާރާތްކުރި ގުސްޓޭވް އައިފުލް އަށް ފެނިއްޖެ ނަމަ "ހިތް ހުއްޓޭ" ވަރަށް ހަލާކުވެފަ އެވެ. އެކަމަކު، އެތަން ބަލަހައްޓާ ފަރާތުން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.