13 ސެޕްޓެމްބަރ 2020
ފްރާންސްގެ ވެރިރަށް ޕެރިހުގެ ލޭންޑްމާކެއްގެ ގޮތުގައި މަޝްހޫރު އައިފުލް ޓަވަރާ ވައްތަރުކޮށް އޮމާންގައި ވެސް ޓަވަރެއް ބިނާކުރަން ނިންމައިފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގެ ލޭންޑްމާކެއްގެ ގޮތުގައި މަޝްހޫރު އައިފުލް ޓަވަރާ ވައްތަރުކޮށް އޮމާންގައި ވެސް ޓަވަރެއް ބިނާކުރަން ނިންމައިފި އެވެ.
މި ޓަވަރުގެ ވާހަކަތައް މީޑިއާތަކުގައި ގެނެސްދެނީ މެދުއިރުމަތީގެ ގައުމެއް ކަމަށްވާ އޮމާންގެ "އައިފުލް ޓަވަރު" ގެ ގޮތުގަ އެވެ. މި ޓަވަރު ވެސް ހުންނަނީ ޕެރިހުގެ ޓަވަރާ ދާދި އެއްކަހަލަ ސިފައަކަށެވެ. މިއީ ޓޫރިސްޓުންގެ މެދުގައި އޮމާންގެ މަގުބޫލުކަން އިތުރުކުރަން ހަދާ ތަނެކެވެ. އެގޮތުން މި ޕްރޮކެޖްޓް ކުރިއަށް ގެންދަން ނިންމާފައިވާކަން ސަރުކާރުން މިދިޔަ އަހަރު ނެރުނު އަހަރީ ރިޕޯޓް އިމްޕްލިމެންޓޭޝަން ސަޕޯޓް އެންޑް ފޮލޯ-އަޕް ޔުނިޓް (އައިއެސްއެފްޔޫ) ގައި ވެސް ފާހަގަކޮށްފައިވެ އެވެ.
އޮމާންގެ ވެރިރަށް މަސްކަޓްގައި ބިނާކުރާ "އައިފުލް ޓަވަރު" އަކީ ވެސް ޕެރިހުގެ ޓަވަރު ބޭނުންކުރާ ގޮތަށް ބޭނުންކުރާނެ ތަނެކެވެ.
އޮމާންގެ ހެރިޓޭޖް އެންޑް ޓޫރިޒަމް މިނިސްޓަރު ސާލިމް ބިން މުހައްމަދު ބިން ސައީދު އަލް މަހްރޫގީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓަވަރު ބިނާކުރަން މިހާރު ވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯޒަލްތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޮމާންގެ ޓަވަރު ބިނާކުރާނީ ވިޔަފާރި އާއި ދެމެހެއްޓެނިވި ތަރައްގީ އަށް ފައިދާކުރާނެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށްވާތީ މިއީ ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.
އޮމާންގެ ޓޫރިޒަމް މިނިސްޓަރު.
"މިކަން ކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ދިރާސާކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފްރާންސްގެ އައިފަލް ޓަވަރަކީ 1887 ގައި ބިނާކޮށްފައިވާ އެއްޗެކެވެ. އޭގެ އުސްމިނުގައި 324 މީޓަރު (1،063 ފޫޓް) ހުރެ އެެވެ.
ކުރުދީންނަށް ދިން ހަމަލާއަށްފަހު ޕެރިހުގައި ހަމަނުޖެހުން
އައިފުލް ޓަވަރުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފި
އައިފުލް ޓަވަރު އިތުރު ހަ މީޓަރަށް އުސްކޮށްލައިފި
ފުރަތަމަ އެސްއެމްއެސް އަށް 149,729 ޑޮލަރު
ދިރިއުޅެން އެންމެ އަގު ބޮޑު ސިޓީ އަކީ ތެލްއަވީވް
އެއް މިލިއަން ވަނަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒެއް
އުސޫލްތަކާ ޚިލާފުވުމުން ރެސްޓޯރެންޓުގެ މެނޭޖަރު ޖޫރިމަނާ
ފްރާންސަށް ތިން ވަނަ ރާޅެއް: ޕެރިސް ލޮކްޑައުނަށް
މެރަޑޯނާ ދުއްވި ކާރެއް ނީލަންކިޔަނީ
ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަން ޑިޖިޓަލް ކެމްޕޭނެއް