02 ސެޕްޓެމްބަރ 2020
އަންކަރާ (ސެޕްޓެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ލީޑަރަކު ތުރުކީން ހައްޔަރުކޮށްފި އެވެ.
އަންކަރާ (ސެޕްޓެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް ލީޑަރަކު ތުރުކީން ހައްޔަރުކޮށްފި އެވެ.
ދާޚިލީ ވަޒީރު ސުލެއިމާން ސޮއިލޫ ވިދާޅުވީ މަހްމޫތު އޮޒްޑެން ނަމަކަށް ކިޔާ އައިއެސްގެ ލީޑަރު ހައްޔަރު ކުރުމުގެ އޮޕަރޭޝަން ފެށީ އައިއެސްގެ ހަރަކާތްތައް ފުޅާކުރާހެން ހީވެގެން ކަމަށެވެ.
"އައިއެސް އިން ތުރުކީގެ އަމީރުގެ ގޮތުގައި ބަލާ މީހާ ވަނީ ހައްޔަރުކޮށްފައި. ތުރުކީގައި ހަމަލާތައް ދިނުމަށް ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ އައިއެސްގެ އިސް ފަރާތްތަކުން އޭނާ އަށް ތަކުރާރުކޮށް އަމުރުތައް ލިބެމުން ދަނީ،" ސޮއިލޫ ވިދާޅުވި އެވެ.
އައިއެސް އަށް ނިސްބަތްވާ މީހަކު މިދިޔަ ހަފުތާގައި ވަނީ އިސްތަންބޫލުން ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ހުރި ހޮޓަލުގެ ކޮޓަރިން ބައެއް ހަތިޔާރާއި ޑިޖިޓަލް މެޓީރިއަލް ފެނިފައިވާ ކަމަށް ސޮއިލޫ ވިދާޅުވި އެވެ. އަދި އެއީ ހަމަލާއެއް ދޭން ރާވާކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތުރުކީން ގެންދަނީ އައިއެސްގެ އޮފިޝަލުން ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގަމުންނެވެ. ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ އައިއެސް އަށް ނިސްބަތްވާ 27 މީހަކު އިސްތަންބޫލުން ހައްޔަރުކޮށްފަ އެވެ.
އައިއެސް އިން ވަނީ ތުރުކީގައި ގިނަ ހަމަލާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އިސްތަންބޫލްގެ ނައިޓްކްލަބެއްގައި ޖެނުއަރީ 1، 2017 ގައި ދިން ހަމަލާގައި 39 މީހުން މަރުވި އެވެ. އަދި އެ ސިޓީގައި 2016 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއެއްގައި ވެސް 12 މީހުން މަރުވި އެވެ.
ގްރީސްއަށް ނުވެއްދި އައިއެސްމީހާ އެމެރިކާއާ ހަވާލުކުރަނީ
ތުރުކީން ފޮނުވާލި އައިއެސް މީހާ ބޯޑަރުގައި ތާށިވެފައި
ތުރުކީން ހައްްޔަރުކުރި އައިއެސް މީހުން ފޮނުވަން ފަށައިފި
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
އައިއެސް އެނބުރި އަންނަން ފުރުސަތެއް ނުދޭނަން: ތުރުކީ
އައިއެސްއާ ގުޅުނު 15 އަންހެނަކު ދަންޖައްސަން ހުކުމްކޮށްފި
އައިއެސްގެ ވެރިރަށް ގަބުރުސްތާނަކަށް ހަދާލެވިދާނެ
ތުރުކީގެ ނައިޓްކްލަބަށް ހަމަލާ ދިނީ އައިއެސް އިން
ތުރުކީ ސިފައިންގެ ދެ މީހަކު އައިއެސް އިން އަންދާލައިފި
ސީރިއާ-ތުރުކީ ސަރަހައްދީ ރޮނގުން އައިއެސް ފައްސާލައިފި