Roadha Mihaaru
އައިއެސްގެ ވެރިރަށް ގަބުރުސްތާނަކަށް ހަދާލެވިދާނެ

އައިއެސްގެ ވެރިރަށް ގަބުރުސްތާނަކަށް ހަދާލެވިދާނެ: އުރުދުޣާން

30 އެޕްރީލް 2017

އިސްތަންބޫލް (އޭޕްރީލް 30) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ، އެމެރިކާ އާއި ތުރުކީ ގުޅިގެން ގަބުރުސްތާނަކަށް، ހަދާލެވިދާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (އޭޕްރީލް 30) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ، އެމެރިކާ އާއި ތުރުކީ ގުޅިގެން ގަބުރުސްތާނަކަށް، ހަދާލެވިދާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިސްތަންބޫލްގައި އޮތް ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ އެމެރިކާ ކޯލީޝަން އަދި ތުރުކީ ގުޅިގެން ރައްގާ އަކީ އައިއެސް އަށް ގަބުރުސްތާނަކަށް ހަދާލައިފި ނަމަ އައިއެސްގެ ހަނގުރާމަވެރިން ފިލާ ތިބެން އެހެން ތަނެއް ހޯދަން ޖެހޭނެ ކަމަށެވެ.

އުރުދުޣާން މި މޭރުމުން ވާހަކަ ދެއްކެވި އިރު އަންނަ މަހު 16 ވަނަ ދުވަހު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވައިޓް ހައުސްގައި ބައްދަލު ކުރުމަށް ހަމަޖެހިފަ އެވެ. މިއީ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕާ އެކު އުރުދުޣާން ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ. އުރުދުޣާން ވިދާޅުވީ އެމެރިކާ އާއި ތުރުކީ ގުޅިގެން ރައްގާ އަށް ހަމަލާ ދިނުމާ މެދު އުފެދިފައިވާ ދެބަސްވުމަށް ޓްރަމްޕާ އެކު ބާއްވާ ބައްދަލުވުމުން ހައްލެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.