28 އޮކްޓޯބަރ 2019
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރާ މިސްކިތުގެ އެންމެ ފަހު މަސައްކަތްތައް އެ ގައުމުގެ އިސްލާމިކް މިނިސްޓްރީގެ ވަފުދުން މިއަދު ބަލައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްކުރާ މިސްކިތުގެ އެންމެ ފަހު މަސައްކަތްތައް އެ ގައުމުގެ އިސްލާމިކް މިނިސްޓްރީގެ ވަފުދުން މިއަދު ބަލައިފި އެވެ.
އެ ވަފުދުގެ ބޭފުޅުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ އެކު މިއަދު އެ މިސްކިތަށް ވަޑައިގެން ވަނީ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ. ނިމުމަކާ ގާތްވެފައިވާ އެ މިސްކިތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މިނިސްޓަރު ވަނީ އެ ބޭފުޅުންނަށް ދެއްވައިފަ އެވެ. މި ވަފްދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ވޯކްޝޮޕެއް ބޭއްވުމަށް ސައުދީ އިސްލާމިކް މިނިސްޓްރީ ފޮނުއްވި ބޭފުޅުންތަކެކެވެ.
ހަ ބުރި އަށް ހަދާ އެ މިސްކިތުގައި މިހާރު ކުރަމުން އަންނަނީ ނިންމުމުގެ މަސައްކަތްތަކެވެ. މިސްކިތުގެ ވަށާ ފާރުގެ ބޮޑު ބައެއް ވެސް ވަނީ ނިމިފަ އެވެ. ޖާގައިގެ ގޮތުން ތަނަވަސް އެ މިސްކިތަކީ ރާއްޖޭގައި ހަދާ އެންމެ ބޮޑު މިސްކިތެވެ.
ސައުދީ ވަފުދުގެ ބޭފުޅުންނާއެކު އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު މިސްކިތުގެ މަސައްކަތްތައް ބައްލަވާލައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ތުރުކީގެ ކުންފުންޏަކުން އިމާރާތް ކުރާ އެ މިސްކިތް މި އަހަރު ކުރީކޮޅު ހުޅުވުމަށް ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ފައިސާ ލިބުމުގައި ދަތިތަކެއް އުޅޭތީ މަސައްކަތްތައް ލަސްވީ އެވެ. މިހާރު އަނެއްކާ ވެސް ބާރު ސްޕީޑުގައި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އެ މިސްކިތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.
- މަލްޓި ޕާޕަސް ހޯލެއް
- ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކުރެވޭނެ
- ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް
- ސެމިނާތައް ބާއްވާނެ ކްލާސްރޫމްތައް އެ މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން އެދިއްޖެ
ހައްޖަށް ގެންދަން ރާއްޖެއަށް ލިބުނީ 1،000 ކޯޓާ
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!
ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަނީ
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
ރާއްޖޭން މިއަހަރު ހައްޖަށް ދެވޭނެކަމެއް އަދިވެސް ނޭނގޭ
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ