24 އޮކްޓޯބަރ 2019
ޖަޕާނު މެރިޓައިމް ޑިސާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، ކަނޑުމަތީ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މައުލޫމާތު ހޯއްދަވައިފި އެވެ.
ޖަޕާނު މެރިޓައިމް ޑިސާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، ކަނޑުމަތީ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މައުލޫމާތު ހޯއްދަވައިފި އެވެ.
ޖަޕާނުގެ ޔުކޮސުކާގައި ހުންނަ އެ ސެންޓަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޒިޔާރަތްކުރެއްވުމުން، އެ ދެކަނބަލުންނަށް މަރުހަވާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީ އެވެ. މި ބައްދަލުވުމުގައި އެތަނުން ހިންގަމުން އަންނަ ތަފާތު ތަމްރީނު ޕްރޮގްރާމްތައް އެ މަނިކުފާނު ބައްލަވާލި އެވެ.
Raeesul Jumhooriyyaa @ibusolih Japan ah kuravvaa rasmee dhathurufulhugai, Japan Disaster Management Centre gai Dhivehi Sifain furihamakuramundhaa "Oil Spill Response Equipment Training" ballavaalevvumah kurevvi ziyaarathuge therein pic.twitter.com/BraKPgzJzd
— Maldives National Defence Force (@MNDF_Official) October 24, 2019
އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް
އެ މަނިކުފާނު މި ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި އެތަނުން ހިންގާ ތަފާތު ތަމްރީން ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ސާފުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކަނޑަށް ތެޔޮ އެޅުމުން ހަރަކާތްތެރިވާނެ ގޮތާ ގުޅޭގޮތުން އެ ސެންޓަރުން ހިންގާ "އޮއިލް ސްޕިލް ރެސްޕޮންސް ޓްރެއިނިން" ގައި ބައިވެރިވި ދިވެހި ސިފައިންނާ ވެސް މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.
ޖަޕާނަކީ އެކި ދާއިރާތަކުން ރާއްޖެ އަށް ގިނަ އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. އަލިފާން ނިއްވަން ބޭނުންވާ ސާމާނާއި ތެޔޮ ލީކުވުން ފަދަ ހާދިސާތަކުގައި ބޭނުންކުރާނެ ސާމާނު ވެސް އެ ގައުމުން ވަނީ ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން އެ ގައުމުން ވަނީ 70 މިލިއަން ދިވެހި ރުފިޔާ މި ހަފްތާގައި ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.
ޖަޕާނަކީ ބިންހެލުމާއި އެހެނިހެން ގުދްރަތީ ހާދިސާތައް ދިމާވާ ސަރަހައްދެއްގައި އޮންނަ ގައުމެކެވެ. ގުދްރަތީ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އެ ގައުމުން އަޅާ ފިޔަވަޅުތަކަށް ދުނިޔެއިން ތައުރީފުކުރެ އެވެ. މި މަހު ކުރީކޮޅު ޖަޕާނަށް އެރި ތޫފާނޫގައި ގިނަ ސިޓީތަކެއްގައި ފެންބޮޑުވި ނަމަވެސް، މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވެފައި ވަނީ މަދުންނެވެ.
ޑެޕިއުޓީ އެމްބެސެޑަރު ކަމަށް އަމީތު އައްޔަން ކޮށްފި
ޖަޕާން ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ނަރުހީޓޯ މަގާމާ ހަވާލުވުމުގެ ހަފުލާގައި ރައީސް
ދަތުރުތަކުގެ ބޭނުމަކީ ތަރައްގީއަށް އެހީ ހޯދުން: ރައީސް
ޖަޕާނު ސަރުކާރުން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދީފި
ރައީސް، ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ރައީސްގެ ދެކަނބަލުން ޖަޕާނަށް ވަޑައިގެންފި
ރައީސްގެ ދެކަނބަލުން ޖަޕާނަށް ފުރާވަޑައިގެންފި
ރައީސްގެ ތަސައްވުރު ހަގީގަތަކަށް ހަދަން އެހީތެރިވާނަން
ހަލީލަށް ޖަޕާނުގެ އެމްޕެރާގެ ހާއްސަ ޝަރަފެއް އަރުވައިފި