22 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ގެންގުޅޭ ތަސައްވަރު ހަގީގަތަކަށް ހަދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖަޕާނުން ދީފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށް ގެންގުޅޭ ތަސައްވަރު ހަގީގަތަކަށް ހަދަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޖަޕާނުން ދީފި އެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ގައުމަށް ކުރައްވާ ދަތުރުގައި ވަނީ ޖަޕާން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތަރައްގީ އަށް ކުރައްވާ ތަސައްވަރު ހަގީގަތަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީ ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ތާރޯ އާސޯ ކަމަށެވެ. އެ ބައްދަލުވުމުގައި ޝާހިދު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖޭގެ ވަފްދުން ޖަޕާންގެ އިކޮނޮމިކް މިނިސްޓަރު ހިރޮޝިގޭ ސެކޯ އާ ވެސް ބައްދަލު ކުރައްވައި، ރާއްޖެއާ ޖަޕާނާއި ދެމެދު އިގްތިސާދީ ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ރާއްޖެ އަށް ވެދިން އެހީތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝާހިދާއި އަމީރު އަދި ފައްޔާޒް ވަނީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެ ބޭންކަކީ ޖަޕާނުގެ އެންމެ ބޮޑު އެއް މާލީ އިދާރާ އެވެ.
ޖަޕާނަކީ ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ޖަޕާނުން އެންމެ ބޮޑެތި އެހީތަކެއްވަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު އައި އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން ގައުމުތަކާ ގުޅުންތައް ބަދަހި ކުރުމެވެ. ގުޅުން ބަދަހި ކުރަން ސަރުކާރުގެ ވަފުދުތައް ކުރިއަށް އޮތް ދުވަސްތަކުގައި އެކި ގައުމުތަކަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޖަޕާނުން ރާއްޖެއަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތު
ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
ޖަޕާނު ސަރުކާރުން ރާއްޖެއަށް 70 މިލިއަން ރުފިޔާ ދީފި
ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޝަނެއް ގާއިމްކުރަނީ
މާލޭ ބޭރުތޮށި މަރާމާތުކުރަން ޖަޕާނުން 140000ޑޮލަރު
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް