05 އޯގަސްޓް 2022
ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން އަދިވެސް ދަމަހައްޓާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ. އެކަން އެހެން އޮއްވައި، އެމެރިކާގެ ކޮންގްރެސްގެ ރައީސާ ނޭންސީ ޕެލޮސީ ދާދި ފަހުން ޓައިވާނަށް ވަޑައިގަތުމުން އެ މައްސަލަ އަނެއްކާވެސް ހޫނުވީ އެވެ.
ދުނިޔޭގެ މަސްރަހުގައި އަނެއްކާ ވެސް ޗައިނާ-ޓައިވާނުގެ މައްސަލަ ހޫނުވުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޓައިވާނަށް ޕެލޮސީ ވަޑައިގަތުމުން ރާއްޖޭގެ ވިސްނުން އިއްޔެ ހާމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މަސްރަހުގައި "ވަން ޗައިނާ ޕޮލިސީ" ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށް އެ ޓްވީޓްގައި ވެ އެވެ. އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ އަބަދުވެސް ގާތް ގުޅުމެއް ކަމަށް ދިވެހި ސަރުކާރާ ހަވާލާދީ ޗައިނާގެ ސަރުކާރުން ބުންޏެވެ.
On August 4th, the Spokesperson of the Maldivian Ministry of Foreign Affairs expressed the Maldivian Government’s position on Speaker of the U.S. House of Representatives Nancy Pelosi’s visit to China’s Taiwan region in response to inquiry as followings: pic.twitter.com/tT45nmkadj
— Embassy of China in Maldives (@ChinaEmbassy_MV) August 5, 2022
ޗައިނާ އެމްބަސީގެ ޓްވީޓް
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް މިއަދު ވަނީ އެހެންވެ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވައިފަ އެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
The Chinese side highly appreciates the Maldivian Government's longstanding commitment to the one-China principle. We have always supported each other on issues of our respective core interests. Looking forward to much closer & more fruitful cooperation with Maldivian friends. https://t.co/L2M9Em61tK
— Ambassador Wang Lixin (@China_Amb_Mdv) August 5, 2022
ޗައިނާ ސަފީރުގެ ޓްވީޓް
ޕެލޮސީ، ޓައިވާނަށް ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރުން އެގޮތަށް ބުނެފައިވާއިރު، އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ވަން ޗައިނާ ޕޮލިސީއަކީ ޒަމާނުއްސުރެ ފެށިގެން ރާއްޖެއިން ގަބޫލުކުރާ ސިޔާސަތެކެވެ.
ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.
ރަސްމީކޮށް ބަލައިނުގަތަސް، ބައެއް ގައުމުތަކުން ޓައިވާނަށް އެހީދެ އެވެ. އެމެރިކާ އިން ޓައިވާނަށް އަސްކަރީ އެހީ ވެސް ދެ އެވެ.
ޕެލޮސީއަކީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ޓައިވާނަށް ވަޑައިގަތް އެމެރިކާގެ އެންމެ އިސް ބޭފުޅާ އެވެ. އެކަމާ ގުޅިގެން ޗައިނާ އިން އެމެރިކާ އަށް އިންޒާރުތައް ދިނެވެ.
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ
ރާއްޖޭން ތައިވާނާ އެކު ގުޅުމެއް ނުބާއްވާނަން: ސަރުކާރު
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ރާއްޖެ-ޗައިނާގެ މަޝްވަރާ މާދަމާ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ
ޗައިނާއިން ރާއްޖެއަށް ދޭ އެހީ ހުރީ ތައްޔާރަށް: ސަފީރު
ރާއްޖޭން ޗައިނާއަށް 1 މިލިއަން ދަޅު މަސް ހަދިޔާކުރަނީ