ރާއްޖޭގެ އެތެރޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމަށް ޗައިނާ ވައްދަން އުޅުނަސް އެ ގައުމުގެ ސިޔާސަތު ބަދަލު ނުވާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ދިވެހި ސިޔާސީ ބޭފުޅުންނަށް މިއަދު ރައްދު ދެއްވައިފި އެވެ.
07 ސެޕްޓެމްބަރ 2020
ރާއްޖޭގެ އެތެރޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަމަށް ޗައިނާ ވައްދަން އުޅުނަސް އެ ގައުމުގެ ސިޔާސަތު ބަދަލު ނުވާނެ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ދިވެހި ސިޔާސީ ބޭފުޅުންނަށް މިއަދު ރައްދު ދެއްވައިފި އެވެ.
ސަފީރު ކުރެއްވި ޓްވީޓެއްގައި ވަކި ބޭފުޅެއްގެ ނަން ނުގެންނެވިޔަސް އޭނާ ރައްދު ދެއްވީ ބެލެވޭ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ "އިންޑިއާ-ޗައިނާ" ބަހުސްގައި އާޒިމް ވަނީ ޗައިނާ އަށް ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ. "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ޚަރަދު ކުރަނީ ޗައިނާ އިން ކަމަށެވެ.
އޭގެ ފަހުން ސަފީރު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ގައުމުތަކުގެ ކަންތައްތަކާ ނުބެހުމުގެ ސިޔާސަތަކީ ޗައިނާ އިން ވަރަށް ރަނގަޅަށް ތަންފީޒުކުރާ ކަމެއް ކަަމަށެވެ. އެކަން އެ ގައުމުން މާޒީގައި ސާބިތު ކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
The non-interference policy of China is time-tested and well observed, it wont change because of anyone making untrue claims or trying to dragging us into local party game.
— Amb. Zhang Lizhong (@AmbassadorZhang) September 7, 2020
If not aware of the position of Maldives gov. on this ties, click the link. https://t.co/UKJbjhMzyb
ޗައިނާ ސަފީރުގެ ޓުވީޓު
"މީހަކު ދައްކާ ދޮގު ވާހަކައަކުން ނުވަތަ އެތެރޭގެ ޕާޓީ ގޭމްގެ ތެރެއަށް އަޅުގަނޑުމެން ވައްދަން އުޅުމަކުން އެކަމެއް ނުވާނެ،" ޓްވީޓްގައި ޖަންގް ވިދާޅުވިި އެވެ.
އެ ވާހަކައާ އެކު އޭނާ ހިއްސާކުރެއްވީ ރާއްޖެ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން، އެ ގައުމުގެ ޒިންހުއާ ނިއުސް އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާފައިވާ އިންޓަވިއު އެކެވެ. އެ އިންޓަވިއު ހިއްސާ ކުރައްވަމުން ސަފީރު އެދިވަޑައިގަތީ ރާއްޖެ އިން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތު އޮޅުން ނުފިލާ ނަމަ އެ އެ އިންޓަވިއު ބެލުމަށެވެ.
މި އިންޓަވިއުގައި ޝާހިދު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެގޮތުގައި ކުރިއަށް ގެންދަން އަޅަން ޖެހޭ ހުރިހާ މުހިއްމު ފިޔަވަޅުތަކެއް ރާއްޖެ އިން އަޅާނެ ކަަމަށެވެ. ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެެރިކަން ދިވެހި ސަރުކާރާއި ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވެފައި ވެ އެވެ.
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ޝާހިދު ޗައިނާ އަށް ވަޑައިގަތީ ގޮތް ހުސްވުމުން: ޝިޔާމް
"އިންޑިއާ- ޗައިނާ ދޫކޮށްލައިގެން ދެކޮޅެއް ނުޖެއްސޭނެ"
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
އެމްޑީޕީގެ އިސްވެރިން ޖައިޝަންކަރު އަރިހަށް!
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން