18 ސެޕްޓެމްބަރ 2019
މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ނުވަ މަސް ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ވަޑައިގަތީ އެހެން ގައުމުތަކަށް ކުރެއްވި ދަތުރުތަކުން ތަރައްގީ އަށް އެހީ ނުލިބި ގޮތް ހުސްވުމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ނުވަ މަސް ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ވަޑައިގަތީ އެހެން ގައުމުތަކަށް ކުރެއްވި ދަތުރުތަކުން ތަރައްގީ އަށް އެހީ ނުލިބި ގޮތް ހުސްވުމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދެ ދުވަހުގެ ދަތުރެއްގައި ޝާހިދު ޗައިނާ އަށް އިއްޔެ ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ. މިއީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރުން ޗައިނާ އަށް ކުރާ ރަސްމީ ފުރަތަމަ ދަތުރުގައި ޝާހިދު ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެ ގައުމުގެ އިސް ބޭފުޅުން އެއާޕޯޓަށް ވެސް ވަޑައިނުގަންނަވާ ކަމަށެވެ. އެ މަންޒަރު އޭނާ މާނަ ކުރައްވަނީ ރާއްޖެ އިން ކަންކަން ކުރަމުންދާ ގޮތުން ޗައިނާ ނުރުހުންވެފައި އޮތް ކަމެވެ.
"އެ ފެނުނީ ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުވެފައި އޮތް މިންވަރު،" އޭނާ ވިދާޅުވި އެވެ.
Foreign Minister @abdulla_shahid China ah kurevvi rasmee furatahama dhathurufulhugai China ge faraathun Raajjeyge foreign ministerah maruhabaa dhannavan evves iss beyfulhaku vadaigen neikan dhakkuvaidhenee dhe sarukaaruge HEENARU gulhun. https://t.co/AoXJQC3QDO
— Ahmed Shiyam (@Shiyamaldives) September 17, 2019
ޝާހިދުގެ ޗައިނާ ދަތުރާ ގުޅޭ ގޮތުން ޝިޔާމްގެ ޓުވީޓެއް.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޗައިނާގެ ގުޅުމަށް ބުރޫއެރީ އަވަށްޓެރި އެހެން ގައުމުތަކަށް އިސްކަންދީ، ސަރުކާރުގެ އަމަލުތަކުންނެވެ.
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަވަށްޓެރި އިންޑިއާއާ އެކު ގޯސްވެފައި އޮތް ގުޅުން ބަދަހި ކުރުމަށެވެ. ޔާމީންގެ ސަރުކާރުގައި، އިންޑިއާ އަށް ވުރެން އިސްކަން ދިނީ ޗައިނާގެ ގުޅުމަށެވެ.
ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރަން މިހާތަނަށް ވިއްސަށް ވުރެ ގިނަ ގައުމަށް ޝާހިދު ވަޑައިގެންނެވި އިރު ޗައިނާ އަށް އިސްކަން ނުދެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޗައިނާ އަށް ވަޑައިގަތީ ސަރުކާރުން އެހީ ބޭނުންވެ މަޖުބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުން މިއޮތީ ޗައިނާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައި. ހަގީގަތުގައި ނާށިގަނޑު ހިފައިގެން މި ވަޑައިގަތީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހަތުން ޗައިނާ އަށް ޝާހިދު ވަޑައިގަތީ އިންވެސްޓްމެންޓްތައް ގެންނަން ކުރިން ކުރެއްވި ދަތުރުތަކުން އެދެވޭ ހައްލެއް ނުފެނުމުންނެވެ.
ޝާހިދުގެ ދަތުރުތަކުން އެހީ ނުލިބޭ ކަަމަށް ޝިޔާމް ވިދާޅުވިއިރު، ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓަރު ޝާހިދުގެ ދަތުރުތަކުން އެކަނިވެސް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ އެހީ ރާއްޖެ އަށް ވަނީ ލިބިފަ އެވެ.
ތަރައްގީ އާއި އަސާސީ ޚިދުމަތްތަކުގެ މަޝްރޫއުތައް ކުރިއަށް އެބަދާ ކަމަށް މި ސަރުކާރުން ބުނަމުން އައި ނަމަވެސް ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި ތަރައްގީގެ ހުރިހާ މަޝްރޫއެއްގެ ސްޕީޑު ދަށްވެ، ބައެއް ކަންކަން ވަނީ ހުއްޓިފަ އެވެ.
ޝާހިދުގެ ޗައިނާ ދަތުރުފުޅަކީ މާ ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް ޕީޕީއެމުން އުއްމީދެއް ނުކުރެ އެވެ.
އެއީ، ޝިޔާމް ވިދާޅުވި ގޮތުގައި، ޗައިނާއާ މެދު ސަރުކާރުން ވިސްނުން ގެންގުޅޭ ގޮތާއި އަމަލުކުރަމުން އަންނަ ގޮތުންނެވެ. ޗައިނާގެ އެހީ ބޭނުން ނަމަ، ސަރުކާރުން ޖެހޭނީ އެ ގައުމުން ހުށަހަޅާ ޝަރުތުތަކަށް އެއްބަސްވާން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވޭންގް ގިޝާން އާއި ސްޓޭޓް ކައުންސިލްގެ އިތުރުން ފޮރިން މިނިސްޓަރު ވޭންގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުުން އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ލީ ޑީޖީ ޕަންޑިއަން އަދި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ކުންފުނީގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ޝާހިދު ފުރަތަމަ ފަހަރަށް ޗައިނާއަށް ވަޑައިގެންފި
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް ފަށަނީ
ޝާހިދުގެ ދަތުރަކީ އިތުބާރު އުފައްދަން ލިބުނު ފުރުސަތެއް
ޝާހިދުގެ ޗައިނާގެ ފުރަތަމަ ދަތުރު އަންނަ މަހު
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން