26 ސެޕްޓެމްބަރ 2021
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ގުޅުން އޮންނަންވީ ގޮތުގެ މިސާލެއް ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާންގް ލީޝިން މިއަދު ވިދާޅުވެއްޖެ އެވެެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ގުޅުން އޮންނަންވީ ގޮތުގެ މިސާލެއް ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާންގް ލީޝިން މިއަދު ވިދާޅުވެއްޖެ އެވެެ.
ޗައިނާގެ 72 ވަނަ ގައުމީ ދުވަހުގެ މުނާސަބާގައި ވާޗުއަަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި، އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވާންގް ވިދާޅުވީ، ރާއްޖެ އާއި ޗައިނާއަކީ އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމު ކުރާމާއި މަދަދުކުރާނެ ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ ލީޑަރުންގެ އިރުޝާދާއެކު ފަަހަކަށް އައިސް ގުޅުން ދަމަހައްޓަމުން އައިސްފައި ވަނީ ވަރަށް ރަނގަޅު މިންގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޗައިނާ އާއި ދިވެހިރާއްޖޭން އެއް ގައުމުން އަނެއް ގައުމުގެ [ބޭނުންތައް] ދެނެގަނެ އިހުތިރާމްކޮށް، މަދަދުކުރޭ. ބޮޑު ގައުމަކާއި ކުޑަ ގައުމަކުން އެއް ހަމައެއްގައި އަމަލުކޮށްް، ސުލްހަވެރިކަމާއެކު އެކުގައި ތިބުމުގެ މިސާލެއް އެގޮތުން އަންނަނީ ދައްކަމުން،" މި މަހުގެ 6 ގައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންނެވި ވާންގް ވިދާޅުވި އެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފްރޭމްވޯކްގެ ތެރޭގައި، ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެމުން ގެންދާ އެއްބާރުލުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާގެ މީހުންނަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ރާއްޖެ އަށް ކުރި ފައިދާތަކުގެ މިސާލުތަކެއްގެ ގޮތުގައި އޭނާ ދެއްކެވީ ޗައިނާއާ ގުޅިގެން ރާއްޖޭގައި ހިންގި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ސަފީރު ވިދާޅުވިގޮތުގައި، މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގުޅުވައިދިން ސިނަމާލެ ބްރިޖެވެ.
ސަފީރު ވިދާޅުވީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ހަަމައެކަނި ލޭންޑްމާކެއް ނޫން ކަމަށާއި މީހުންގެ ދިރިއުޅުމަށް އޭގެ ހެޔޮ އަސަރު ކުރި ތަނެއް ކަމަށެވެ. އެއީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޗައިނާ އާއި ދިވެހިރާއްޖޭން އެއް ގައުމުން އަނެއް ގައުމުގެ [ބޭނުންތައް] ދެނެގަނެ އިހުތިރާމްކޮށް، މަދަދުކުރޭ. ބޮޑު ގައުމަކާއި ކުޑަ ގައުމަކުން އެއް ހަމައެއްގައި އަމަލުކޮށްް، ސުލްހަވެރިކަމާއެކު އެކުގައި ތިބުމުގެ މިސާލެއް އެގޮތުން އަންނަނީ ދައްކަމުން،"---ސަފީރު
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ފަހަކަށް އައިސް ކުރި އެންމެ މުހިއްމު މަޝްވަރާތަކަކީ ސަފީރު ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޗައިނާގެ ރައީސް ޝީޖިންޕިން މިދިޔަ ޖުލައިމަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެވެ. ދެ ގައުމުގެ ދެމެދުގައި ކުރާ މުއާމަލާތުތައް މިހާރަށް ވުރެ އިތުރުކުރަން އެ މަޝްވަރާތަކުގައި ދެެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެ މަޝްވަރާތަކުގައި ދެ ރައީސުން އެއްބަސްވެވަޑައިގަތީ ތަފާތު ގިނަ ދާއިރާތަކަކުން ކުރާ މުއަަމާލާތުތައް އިތުރު ކުރުމަށެވެ.
އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަހަރު ފުރޭ އަހަރެވެ. އެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ބާއްވަން ރާއްޖެއާ އެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެހެން ބައެއް މިނިސްޓަަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި އދ. ގެ މިހާރުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ޝާހިދު ބައިވެރިވެވަޑައިގެންނެވީތީ ސަފީރު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވި އެވެ.
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާއިން ގައުމުގެ ދާހިލީ ކަންކަމާ ނުބެހޭނެ: ސަފީރު
ޗައިނާއާ އެކު އިތުރަށް ގުޅުން ބަދަހިވާނެ: ޝާހިދު
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"
ރާއްޖެއަކީ މުހިންމު ބައިވެރިއެއް: ޗައިނާ