މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހިކުރެއްވުމުން ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އޭރު ވެސް ޗައިނާ އޮތީ އޮތް ތަނުގައި ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.
27 މާޗް 2022
މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހިކުރެއްވުމުން ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އޭރު ވެސް ޗައިނާ އޮތީ އޮތް ތަނުގައި ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ތުހުމަތުކުރައްވަމުން ޔާމީން ވިދާޅުވީ އިންޑިއާ މިހާރު ފެންނަނީ "ގޭގޭގެ ސިޓިންޓޫމުން" ކަމަށެވެ.
"އެއީ ރަނގަޅު ވާހަކައެއް. އެކަމަކު އަޅުގަނޑު ސަރުކާރު ހިންގިއިރު ޗައިނާ އޮތީ ޗައިނާ އޮތްތަނުގައޭ. އެކަމަކު މި މީހުންނަށްވިއިރު އިންޑިއާ މި އޮތީ އަޅުގަނޑުމެންގެ ސިޓިންރޫމު ތެރޭގައޭ. މިއީ ނޫންތޯ ތަފާތަކީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖެއިން އިންޗިއެއް ވެސް އެ މަނިކުފާނު ދޫނުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުން އިންޑިއާއާ އެކު ހިންގާ ކަންކަމަކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ނަތީޖާ ކަމަށް ބުނާ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.
"ދެން ހަތިޔާރު ގުދަނާއި، ތިމަންނަމެން މިތިބީ ރައީސް ޔާމީން ހެދި ފައުންޑޭޝަން މަތީގައޭ މި ހުރިހާ ކަމެއް ކުރަނީ. މިއީ ރައްޔިތުން ގަބޫލުކުރާނެ ވާހަކައެއް ނޫން. އިންޑިއާ އަކީ އަޅުގަނޑު ހެދި ފައުންޑޭޝަނެއް ނޫން. ދިވެހިރާއްޖޭގެ އިސްތިގްލާލަށް ގެއްލުމެއް ކަމެއް ނޯންނާނެ. ރާއްޖޭގެ ރިސޯސް ތަރައްގީކުރަން އިންޑިއާއަށް އެކަނި ބާރުވެރިކަމެއް ދީފައެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
"ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގުތައް ކެނޑޭ ގޮތަށް އެއްވެސް އެގްރީމެންޓެއް ކުރެވިފައެއް ނޯންނާނެ."
ޔާމީން ވިދާޅުވީ އިންޑިއާއަކީ ވެސް މައްސަލަތައް ގިނަ ގައުމެއް ކަމަށާއި އެ ގައުމުގައި އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. އެކަމަކު މޮޅެތި މީހުން ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ވެސް އެ ގައުމަކީ އެހެން ބަޔަކަށް ކަންކަން ކޮށްދެވޭނެ ގައުމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް ހުރަސްއެޅި ކަމަށާއި ފުލުހުންނާއި ސިފައިންގެ މުއައްސަަސާ އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުން ތާހިރުކުރަން ޖެހިފައި ކަމަށް ޔާމީން ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންގެ ވެރިންނަށް ފާޑު ވިދާޅުވިޔަސް ޔާމީން ވިދާޅުވި ގޮތުގައި އެ މުއައްސަސާގައި ގިނައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ދެކޮޅު ހަދާ މީހުންނެވެ.
"އިންޑިއާ އައުޓް ހަރަކާތް އުނގަދޫ ވަނީ ދިވެހި ސަރުކާރަކަށް ނޫން. އިންޑިއާ އައުޓުން އުނދަގޫވަނީ މޯދީ ކޯލިޝަނަށް. އެމީހުން އެ އަންގަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭށޭ،" އިންޑިއާއާ ދެކޮޅު ހަރަކާތްތައް ހުއްޓުވާތީ އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަނުޖެހުން ހިންގަނީ އިންޑިއާ ސިފައިން އަޑީގައި ތިބެގެންނެވެ. އަދި އެ މީހުން މިތަނުގައި ތިބީ މޫހިއްޕާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
ޔާމީން ވިދާޅުވީ އިދިކޮޅު ހަރަކާތަށް ހުރަސް އެޅި ފުލުހުންނާއި ސިފައިންގެ އިތުރުން ސިޔާސީ މީހުންނަށް ވެސް އެމަނިކުފާނުގެ ވެރިކަމުގައި "މާފެއް ނޯންނާނެ" ކަމަށެވެ. އެކަން ތަހުގީގު ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފުލުހުންނާއި ސިފައިން ނުޖެހޭ ގާނޫނާ ހިލާފު އަމުރު ތަންފީޒުކުރާކަށް،"
އިދިކޮޅުން ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
މުޒާހަރާގައި ފުލުހުންގެ މެޑިކަލް ޓީމާ އެކު ބިދޭސީއަކު އުޅެނިކޮށް ފެނުމުން އެއީ އިންޑިއާ އިން ނުފޫޒު ފޯރުވަން ފޮނުވާފައި ހުރި މީހެއް ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެއީ "މެޑިކަލް އޮފިސަރެއް" ކަމަށް ފުލުހުން ބުންޏަސް އެކަހަލަ އެތައް ބަޔަކު އެ ދުވަހުގެ ހަރަކާތްތައް ހިނގިއިރު ގޭގޭގެ މަތިން ބަލަން ތިބި ކަމަށެވެ. އަދި އެކި ނަން ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސީދާ އަދަދު ސަރުކާރަށް ވެސް ބުނެ ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މާލޭގައި ތޮވާފްކުރާ ތަނެއް ހުރިއްޔާ މިތާ ވަށައިގެން ތޮވާފްކުރާ މީހުން މަދެއް ނުވާނެ. އެއްގޮތަކަށް ވެސް ދީނީ މާނައެއްގައެއް ނޫން. ލަފްޒީ އަރަބި މާނާގައި މި ދެންނެވީ. އެކަމެއްގެ ޝައުގުވެރިކަމުގައި އެންމެ ގިނަ ބަޔަކު އަންނަ ތަނަކީ މިއީ،" ޕީޕީއެމް އޮފީސް ހުރި ސަރަހައްދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ގަޑިއެއްހާއިރު ދެއްކެވި ވާހަކާގައި ޔާމީން ވިދާޅުވީ އަބަދު ސަރުކާރަށް ވައްކަން ނުކުރެވޭނެ ކަމަށާއި އަބަދު މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ނުތިބެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ އިދިކޮޅުން ކާމިޔާބުކުރާނެ އިންތިހާބެއް ކަމަށާއި އެ ދުވަހަކުން އެ މައްސަލަތައް ބަލައި އިންސާފުގެ ކުރިމައްޗަށް އެންމެން ގެންނާނެ ކަމަށް އިންޒާރު ދެއްވި އެވެ.
އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މިވީ ކިހިނެއް؟
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
ބެނާއެއް ހަޖަމް ނުވުމަކީ ނުރައްކާ އޮތް ވަރު: އަދުރޭ
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން