04 ފެބުރުއަރީ 2020
ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ހަދިޔާކުރަން ނިންމައި، ރަމްޒީ ގޮތުން މި ހަދިޔާ ހަވާލުކޮށްފި އެވެ.
ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ހަދިޔާކުރަން ނިންމައި، ރަމްޒީ ގޮތުން މި ހަދިޔާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިކަން އިއުލާނުކުރައްވައި ދަޅު މަސް ކޭހެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮންއާ ހަވާލުކުރައްވައިފަ އެވެ.
މި ދަނޑިވަޅުގައި ޗައިނާ އަށް ވެދެވެން އޮތް ކޮންމެ އެހީއެއް ރާއްޖޭން ދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޗައިނާ އިން ރާއްޖެ އަށް އެކި ދާއިރާތަކުން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 40 އަހަރުތަކުގެ ރާއްޖެ އާއި ޗައިނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެކަމުގެ ފައިދާ ރާއްޖެ އަށް ވަނީ ކޮށްފަ އެވެ.
ޗައިނާ އަށް ރާއްޖޭން އެއް މިލިއަން ދަޅު މަސް ހަދިޔާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) ވާހަކަ ދައްކަވާއިރު، ޗައިނާ ސަފީރު ޒަންގް ލިއޮން އަޑުއައްސަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ފާއިތުވި އަހަރުތަކުގައި ޗައިނާ ވެފައި ވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިއާ އަށް،" ޝާހިދު ވިދާޅުވި އެވެ.
ސަފީރު ލިއޮން ވިދާޅުވީ މަހަކީ ރާއްޖޭގައި ވަރަށް މުހިންމު ކާނާއެއް ކަމަށާއި އެންމެ މުހިންމު ހަދިޔާ އަކީ އެކުވެރިންނަށް ލިބޭ އެއްޗެއް ކަމަށެވެ. ޗައިނާ އަށް ކުރިމަތިވެފައިވަނީ ވަރަށް ދަތި ހާލަތެއް ކަމަށާއި ރާއްޖޭން މިފަދަ އެހީއެއް ދޭން ނިންމުމުން ޗައިނާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އަށް ރާއްޖޭން އެއް މިލިއަން ދަޅު މަސް ހަދިޔާކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އާއި ޗައިނާ ސަފީރު ޒަންގް ލިއޮން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވައިރަސް ފެތުރި ޗައިނާގެ ފިހާރަތަކާއި އޮފީސްތަކާއި ފެކްޓަރީތައް ބަންދުކުރަން ޖެހި އާންމު މުދާ ލިބުން ވަނީ ދަތިވެފަ އެވެ. އަދި މި ވަގުތަށް ބޭނުން އެންމެ މުހިންމު ބާވަތްތައް ހުސްވެ ޗައިނާ އިން ވަނީ އެހެން ގައުމުތަކުގެ އެހީ އަށް ވެސް އެދިފަ އެވެ.
ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް މުޅި ޗައިނާ އަށް ފެތުރި އެކި ގައުމުތަކުން ވެސް މިހާރު ދަނީ އެ ވައިރަސް ހުރި މީހުން ފެންނަމުންނެވެ. މި ވައިރަސް އެރި މީހުންގެ އަދަދު 20,697 އަށް އަރާފައި ވާއިރު 427 މީހަކު ވަނީ މަރުވެފަ އެވެ.
"ފާއިތުވި އަހަރުތަކުގައި ޗައިނާ ވެފައި ވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިއާ އަށް،" ޝާހިދު
ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ނަމަވެސް ބަލީގެ ބިރު ބޮޑުވުމާ އެކު ރާއްޖޭން މިހާރު ވަނީ ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފަ އެވެ. ވައިރަސް ހުރި ކަމަށް ރާއްޖޭން މިހާތަނަށް ޝައްކުވި މީހާގެ ޓެސްޓްތަކުން ދެއްކީ ވައިރަސް ނެތް ކަމަށެވެ. އަދި އިތުރު ހަ މީހެއްގެ ސާމްޕަލް ވެސް ޓެސްޓްކޮށްފައި ވާއިރު އެ ހުރިޙާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް ވެފަ އެވެ. ވައިރަސް ފެތުރިދާނެ ކަމަށް ތައްޔާރުވެ، ސްކްރީންކުރުމާއި ޝައްކުވާ މީހުން ކަރަންޓީންކުރުމުގެ ވަސީލަތްތައް ރާއްޖޭން ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ޗައިނާގެ ދަރަނި ސަސްޕެންޑްކުރި ގައުމުތަކުގެ ތެރޭ ރާއްޖެ
އިންޑިއާ އެހީގައި، ފަހު 2 ދިވެހިން ވޫހާނުން ނެރެދީފި
ވޫހާންގައި ތިބި ދިވެހިން އިންޑިއާ އަށް
ޓައިވާން މައްސަލަ:ރާއްޖެ އަދިވެސް އޮތީ ޗައިނާއާއެކު
ރާއްޖެ-ޗައިނާގެ މަޝްވަރާ މާދަމާ
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ފާޑުކިޔަސް ރާއްޖެ-ޗައިނާ ގުޅުން ދާނީ ކުރިއަށް: ސަފީރު
ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް ފަށަނީ
10 ވެންޓިލޭޓަރާ އެކު ޗައިނާގެ އެހީ ރާއްޖެ ގެނެސްފި