Roadha Mihaaru
ވަގު ޕާސްޕޯޓުގައި އައި ބިދޭސީއެއް ހިފަހައްޓައިފި

ޕާސްޕޯޓު ނަކަލުކޮށްގެން އެތެރެވާން އުޅުނު ބިދޭސީއެއް އަނެއްކާވެސް ހިފަހައްޓައިފި

13 އޮކްޓޯބަރ 2019

އެހެން ޕާސްޕޯޓެއްގެ ބައެއް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަކު އަނެއްކާވެސް އިމިގްރޭޝަނުން ހިފަހައްޓައިފި އެެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެހެން ޕާސްޕޯޓެއްގެ ބައެއް ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަކު އަނެއްކާވެސް އިމިގްރޭޝަނުން ހިފަހައްޓައިފި އެެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވަނީ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރީ އަންހެނެއް ކަމަށާއި އޭނާ އަށް އެހީވާން މަސައްކަތް ކުރި ބިދޭސީ ފިރިހެނެއް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެ ދެ މީހުންގެ ފޮޓޯ އިމިގްރޭޝަނުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އެހެން މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ދެ މީހަކު މިދިޔަ މަހު ވެސް އިމިގްރޭޝަނުން ހިފެހެއްޓި އެވެ. އަދި ނަކަލު ކޮށްފައިވާ ވޯކް ވީސާ ކާޑުތަކެއް އެތެރެކުރަން އުޅުނު ބިދޭސީ އަކު ވެސް މިދިޔަ މަހު ހިފަހައްޓާފައި ވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފުވެގެން ޑީޕޯޓު ކުރުމުން، ޝަހުސު އޮޅުވާލައިގެން އެ މީހުން އެނބުރި ރާއްޖެ އާދެ އެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވެ، ޕާސްޕޯޓާއި އެހެން ލިޔެކިޔުންތައް ފޮރުވައި ގަސްތުގައި ގަވައިދާ ހިލާފުވެ އެވެ. އޭރުން އެ މީހުން ރާއްޖޭން ޑީޕޯޓު ކުރެވޭނެ ގޮތެއް ނޯވެ އެވެ.