ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 15 ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.
03 ޖުލައި 2025
ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 15 ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު ހުޅުމާލެ 1 ގައި ހުންނަ ރަށު މާރުކޭޓުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެނަކާއި ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، މި އޮޕަރޭޝަނުގައި… pic.twitter.com/G5piyyX5ad
— Maldives Immigration (@ImmigrationMV) July 3, 2025
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން މިދިޔަ މަހު ފަހުކޮޅު ވަނީ އައްޑޫގައި ވެސް ހާއްސަ ރެއިޑް އޮޕަރޭޝަަނެއް ހިންގައިފަ އެވެ. އޮޕަރޭޝަން "ހަމަމަގަށް"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ރެއިޑް އޮޕަރޭޝަންގައި އައްޑޫން 83 ބިދޭސީއަކު ހިފަހައްޓާފައިވެ އެވެ.
އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ވެސް ވަނީ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، މި މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް
ބޯކޮށާ 4 ތަނެއް ފާސްކޮށް ހަތް ބިދޭސީން އަތުލައިގެންފި
ހުޅުމާލޭގައި ވިޔަފާރިކުރާ 22 ބިދޭސީއަކު ހިފަހައްޓައިފި
ބިދޭސީންގެ "ކެފޭ"އަކުން ބަޔަކު އަތުލައިގެންފި
ޓޭކްއަވޭ ކޮފީ ޝޮޕް ހިންގާ ބިދޭސީންތަކެއް އަތުލައިގެންފި
ދިލްބަހާރު މަގުން 31 ބިދޭސީއަކު ހިފަހައްޓައިފި
އައްޑޫގައި އުޅޭ ބިދޭސީން "ހަމަ މަގަށް" އަޅުވަނީ
"ބައްޔެއްހުރި ބިދޭސީއަކު ފިލައިގެން ރިޕޯޓެއް ނުކުރޭ"