Roadha Mihaaru
ބޯކޮށާ 4 ތަނެއް ފާސްކޮށް ހަތް ބިދޭސީން އަތުލައިގެންފި

ބޯކޮށައިދޭ ހަތަރު ތަނެއް ފާސްކޮށް ހަތް ބިދޭސީން އަތުލައިގެންފި

08 އޯގަސްޓް 2024

ހުޅުމާލޭގައި ހިންގާ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހިންގާ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބޯކޮށާ ތަންތަނަށް އަމާޒުކޮށް ހިންގި ރެއިޑުގައި ހަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭގައި ބިދޭސީން ހިންގާ ކޮފީ/ޓޭކްއަވޭ ހަތް ތަނެއް ވެސް އިއްޔެ ފާސްކުރި އެވެ. އެ ތަންތަނުން ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، ލޯކަލް މާރުކޭޓުތަކާއި ކޮފީ/ޓޭކްއަވޭ ތަންތަން ފާސްކޮށް، ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހިފަހައްޓައިފަ އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓް ކޮށްފަ އެވެ.