06 ޖުލައި 2024
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕްގެ ހިދުމަތް ދެމުން ގެންދިޔަ ބިދޭސީންތަކެއް ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޓޭކްއަވޭ ކޮފީ ޝޮޕްގެ ހިދުމަތް ދެމުން ގެންދިޔަ ބިދޭސީންތަކެއް ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން އިއްޔެ ވަނީ ހުޅުމާލޭ 1 ގަވާއިދާ ހިލާފަށް އުޅެމުންދާ 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ
އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުޅުމާލެ 1 ގައި ޓޭކްއަވޭ ކޮފީ ޝޮޕްތައް ހިންގާ ކަމަށް ތުހުމަތު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އިތުރަށް މައްސަލަ ބަލަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
Yesterday evening, the 'Joint Task Force' conducted a raid operation in Hulhumale' Phase 1 targeting illegal expatriates suspected of running takeaway coffee shop businesses. Eight expatriates were detained for further investigation.@min_mohst @HomeMinistrymv @ShamaanW pic.twitter.com/fbEr8QWOMA
— Maldives Immigration (@ImmigrationMV) July 6, 2024
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރުން މިހާރު ވަނީ ވަރަށް އިތުރުވެފަ އެވެ. ހާއްސަކޮށް ކޮފީ ޝޮޕް ހިންގުމުގައި އެ ބިދޭސީންގެ ދައުރު ވަރަށް ބޮޑެވެ. މީގެ ތެރެއިން ގިނަ ބިދޭސީން ހަރަކާތްތެރިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ކޮފީ ޝޮޕްތަކުގަ އެވެ.
މިދިޔަ ހަފުތާ ބަންދުގައި ވެސް ވަނީ އިމިގްރޭޝަނުގެ އިސްނެގުމަށް ފުލުހުންނާ ގުޅިގެން މިފަދަ އޮޕަރޭޝަނެއް މާލޭގައި ހިންގައިފަ އެވެ. އެ ފަހަރު އޮޕަރޭޝަން ހިންގީ މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހިންގާ މާރުކޭޓުތަކުގަ އެވެ. އެ ފަހަރުގެ އޮޕަރޭޝަންގައި 50 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މިދިޔަ ހަފުތާގެ އޮޕަރޭޝަންގެ އެއްބައި މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހިންގާ ލޯކަލް މާރުކޭޓާއި އަމީނީ މަގުން ޕީއެސްއެމް ކައިރީގައި ހިންގާ މާރުކޭޓަށް ހާއްސަ ކުރިއިރު، އެ ތަނުން މުޅިން ވެސް ފެނުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންނެވެ. އެހެންވެ، އެ ދެ ތަނުގައި ގޮޅިތައް ހިންގާ އެންމެން ކަހަލަ ގޮތަކަށް އިމިގްރޭޝަނުގެ ބެލުމުގެ ދަަށަށް ގެންދިއުމުން ދެ މާރުކޭޓު ވެސް ބަންދުކުރަން ޖެހުނެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެފައި ވަނީ މިދިޔަ ހަފުތާގެ އޮޕަރޭޝަންގައި އަތުލައިގަތް މީހުންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރިކުރާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެ އިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސޭޓުންގެ ގޮތުގައި ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް ނަމަވެސް އަދިވެސް ގިނަ ވިޔަފާރިތަކުން ސޭޓުންނަށް ބައިތިއްބަނީ ބިދޭސީންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު މީގެ ކުރިން ވަނީ މިގޮތަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލައިފަ އެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި ސަރުކާރުން މިދިޔަ ހަތް މަސް ތެރޭގައި 1،800 އެއްހާ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި
ބޯކޮށާ 4 ތަނެއް ފާސްކޮށް ހަތް ބިދޭސީން އަތުލައިގެންފި
ހުޅުމާލޭގައި ވިޔަފާރިކުރާ 22 ބިދޭސީއަކު ހިފަހައްޓައިފި
4 ތަނެއް ފާސްކޮށް 16 ބިދޭސީން އަތުލައިގެންފި
ބިދޭސީންގެ "ކެފޭ"އަކުން ބަޔަކު އަތުލައިގެންފި