މި އަހަރު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
05 އޮކްޓޯބަރ 2019
މި އަހަރު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
އެމްއެމްޕީއާރުސީން ބުނީ 12 ސަރަހައްދަކަށް ބަހާލައިގެން އެވޯޑުތައް ދޭއިރު މުޅި ދުނިޔޭން ހޮވާލެވޭ ކެޓަގަރީތަކުން ވެސް ރާއްޖެ ނޮމިނޭޓް ވެފައިވާކަމަށެވެ.
1. ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން.
2. ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން.
3. ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން.
4. ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން.
5. ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން.
6. ވޯލްޑްސް މޮސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު.
ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ އޮންނާނީ ނޮވެމްބަރު 28 ގައި އޮމާންގެ ރޯޔަލް އޮޕެރާ ހައުސް މަސްކެޓުގަ އެވެ. މިއީ މި އެވޯޑު ބާއްވާ 26 ވަނަ އަހަރެވެ.
މިއީ ދުނިޔޭގެ ޓުރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ގައުމުތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އެވޯޑް ލިބޭނީ އެކި ގައުމުތަކުގެ ޓްރެވެލް އޭޖެންސީތަކާއި ދާއިރާގެ މާހިރުންގެ އެންމެ ގިނަ ވޯޓު ލިބޭ ގައުމުތަކަށެވެ. ރާއްޖޭން ވަނީ އެކި ކެޓަގަރިތަކުން މީގެ ކުރިން ވެސް ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.
ވޯލްޑް ޓްރެވެލް އެވޯޑުން ކޮންމެ އަހަރަކު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހާއްސަ އެވޯޑު ހަފްލާއެއް ވެސް ބާއްވަ އެވެ. އެގޮތުން އިންޑިއާ ކަނޑުގެ ގައުމުތަކަށް ހާއްސަކޮށްގެން ބޭއްވި އެވޯޑު ހަފުލާ ބާއްވާފައިވަނީ މިދިޔަ ޖޫން ގަ އެވެ. މި ހަފުލާގައި ވެސް ރާއްޖޭން ވަނީ ތަފާތު ކެޓަގަރީތަކުން އެވޯޑު ހާސިލް ކޮށްފަ އެވެ.
އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"