22 އޮކްޓޯބަރ 2021
މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލާއެކު ރާއްޖެ އިން ހަތަރު އެވޯޑު ހާސިލުކޮށްފި އެވެ.
މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލާއެކު ރާއްޖެ އިން ހަތަރު އެވޯޑު ހާސިލުކޮށްފި އެވެ.
މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި ރާއްޖެ އިން މި އެވޯޑު ހާސިލު ކުރި 13 ވަނަ ފަހަރެވެ.
ރާއްޖެ އަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ މަގުބޫލު މަންޒިލުގެ އިތުރުން ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން ހިމެނެ އެވެ. އަދި މި ސަރަހައްދުގެ ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑު ކާމިޔާބު ކުރީ އެމްއެމްޕީއާރުސީންނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މި ކަމުގައި ޓޫރިޒަމް ދައިރާގެ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
މި އަހަރުގެ ޓްރެވެލް އެވޯޑުގައި ރެކޯޑު އަދަދަކަށް ވޯޓު ލިބިފައިވާއިރު، ރާއްޖެ އަށް މި ލިބުނު އެވޯޑުތަކުން ދައްކުވައި ދެނީ މިއީ ޓޫރިސްޓުން ގަބޫލު ކުރާ ރައްކާތެރި މަންޒިލެއް ކަން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ދުނިޔޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ދަށްވި ނަމަވެސް މި އަހަރު ޓޫރިޒަމް ވަނީ ރަނގަޅުވާން ފަށައިފަ އެވެ. ރާއްޖެ އަށް މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
މިދިޔަ އަހަރު 555،494 ޓޫރިސްޓުން އައިއިރު މި އަހަރުގެ މިހާތަނަށް 923،146 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މި އަހަރު ނިމޭއިރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
ވޯލްޑް ޓްރެވެލް އެވޯޑުގައި ރާއްޖެ އިން ކޮންމެ އަހަރަކު ވެސް ތަފާތު އެވޯޑުތައް ހާސިލުކުރެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓާއި އެންމެ މަގުބޫލް ހަނީމޫން ރިސޯޓާއި އެންމެ މަގުބޫލް ރޮމޭންޓިކް ރިސޯޓާއި އެންމެ މަގުބޫލް ލަގްޒަރީ އައިލެންޑް ރިސޯޓު ހިމެނެ އެވެ.
މި އެވޯޑުގައި ރާއްޖެ އަށް އެންމެ ޝަރަފުވެރި އެވޯޑު ލިބުނީ މިދިޔަ އަހަރެވެ. އެއީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑެވެ.
ޓްރެވަލް އެވޯޑުގެ ހަ ކެޓަގަރީއަކުން ރާއްޖެ ވާދަކުރޭ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
އާ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަނީ
ސްޓެފާން އަށް ދަތުރު ހާއްސަ، ރާއްޖެއަށް އޭނާ ހާއްސަ
ބަޖެޓުގެ ޓާގެޓް ހާސިލުވެ 1.8 މިލިއަން ޓޫރިސްޓުން!