02 އޮކްޓޯބަރ 2019
ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވާތީ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން އެ ކައުންސިލުން މިއަދު ބާތިލްކޮށްފި އެވެ.
ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވާތީ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން އެ ކައުންސިލުން މިއަދު ބާތިލްކޮށްފި އެވެ.
އުނގޫފާރު ކައުންސިލުން ވަނީ މެރުމަށް ފަހު އެ ކައުންސިލާ ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100ރ. ގެ ފައިސާގެ އިނާމެއް ދޭން އިއުލާންކޮށްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކައުންސިލަށް އަމާޒުވި އެވެ.
އެ އިއުލާން ބާތިލްކޮށް، މިރޭ އެ ކައުންސިލުން ނެރުނު ގަރާރުގައިވަނީ އެ ނިންމުން ބާތިލްކުރީ ރައީސް އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.
އުނގޫފާރު ކައުންސިިލުން އެ ނިންމުން ބާތިލް ކުރިއިރު، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ އެކަން ހުއްޓާލަން އެ ކައުންސިލަށް އަންގައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާ ބުނާގޮތުން ޖަނަވާރަކާ މެދު އަނިޔާވެރިކޮށް އަމަލުކޮށްފި ނަމަ އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށް އަމަލީ ގޮތުން ނުކުރިޔަސް، އެކަމަށް ހިތްވަރު ދީ ނުވަތަ ފަސޭހަކޮށް ދީފި ނަމަ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ކުށް ކުރަން އެދުނީ ކަމަށް ބަލައި، ކުށްވެރިވާނެ އެވެ.
ބުޅާ މަރާތީ ކަންބޮޑުވުން؛ އެއީ ކުށެއް
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ މެރި މީހާ ބަންދުން ދޫނުކުރާތީ ޝަކުވާކޮށްފި
ކައުންސިލްގެ ވިސްނުމަކީ 1،000 ބުޅާ ނިއުޓާ ކުރުން
ބުޅާތައް މަރުވިގޮތް ބަލަނީ، އިހުމާލެއް އަދި ނުފެނޭ
ވެޓަށް ގެންދާ ބުޅާތައް މަރުވާ މައްސަލަ ބޮޑުވެއްޖެ
ރައްޔިތުންގެ އެންމެފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
ވެޓް ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ