Roadha Mihaaru
ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅަން ބޮޑު މަޝްރޫއެއް

ކުޅުދުއްފުށީ 17 މަގެއްގައި ތާރު އަޅަން 54 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި

21 ސެޕްޓެމްބަރ 2016

ހދ. ކުޅުދުއްފުށީ 17 މަގެއް ތާރުއަޅައިގެން ހެދުމަށް 54 މިލިއަންރުފިޔާގެ ބޮޑު މަޝްރޫއު އިއްޔެ ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީ 17 މަގެއް ތާރުއަޅައިގެން ހެދުމަށް 54 މިލިއަންރުފިޔާގެ ބޮޑު މަޝްރޫއު އިއްޔެ ފަށައިފި އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު ހަލީމް މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި 5.8 ކިލޯ މީޓަރުގެ މަގު ހަދާއިރު ހުރިހާ މަގުތަކެއް ވެސް ހަދަނީ ޒަމާނީ ފެންވަރަށް ކަމަށެވެ. ރަށުގެ ބޮޑު މަގާ އެކު ދެން ހަދާ ހުރިހާ މަގުތަކެއްގައި ވެސް ތާރު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި ފުރަތަމަ އޮންނާނީ ކާނުތައް ހެދުމާއި ކޭބަލްތައް ވަޅުލުން ފަދަ އެންމެ ބުރަ މަސައްކަތްތައް ކަމަށް ހަލީމް ވިދާޅުވި އެވެ.

"އޭގެ ފަހުން ތާރު އަޅަން ފަށާނީ. ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އެމްއާރުޑީސީން ކުރަނީ. --ފޮޓޯ: އެމްއާރުޑީސީ

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އެމްއާރުޑީސީން ކުރަނީ. --ފޮޓޯ: އެމްއާރުޑީސީ

އާބާދީ ބޮޑު ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، ހަލީމް ވިދާޅުވި ގޮތުގައި، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. އެ ރަށަކީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއް ކަން ވެސް ފާހަގަކުރައްވައި އޭނާ ވިދާޅުވީ މަގުތައް ހެދުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން ވެސް ގިނަ ރަށްތަކެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.